"ރަސްމާލެ" މަޝްރޫއުގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ”ރަސްމާލެ“ މަޝްރޫއުގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށްދިޔައީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. މުއްޠަލިބާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދާ ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުއްޠަލިބްގެ އިތުރުން މިނިސްޓްރީގެ އިސް ވެރިންނާއި އެޗްޑީސީގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރަސްމާލެ ޕްރޮޖެކްޓުގެ މިހާރުގެ ހާލަތާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ގެންދާނެ ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރެވުނެވެ.

މީގެއިތުރުން މަޝްރޫއު އަވަސް ކުރުމަށާއި ފެންވަރު ރަނގަޅު ގޮތެއްގައި ނިންމުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މަޝްރޫއު ނިމުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާއި، މާލެ ސަރަހައްދުގެ ތަރައްގީއަށް މި މަޝްރޫއުން ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

ރަސްމާލެ މަޝްރޫއުއަކީ ގިނަ އަދަދެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ބޮޑު ބިޔަ ޕްރޮޖެކްޓެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް