ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަޅައި ޑިރެކްޓަރުންގެ ބޯޑަށް 3 ބޭފުޅަކު އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ބޯޑަށް އައްޔަންކުރީ އަޙްމަދު ޢަލީއާއި ޢަލީ ޙަބީބާއި ޢަލީ އިރުފާނާއި މުޙައްމަދު ޝާހިދެވެ.
ޗެއާޕާސަނަކަށް އައްޔަންކުރީ އަޙްމަދު ޢަލީއެވެ. އަޙްމަދު ޢަލީއަކީ މިވަގުތު ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީއެވެ.
މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބު
ޢަލީ ފާރިސް މުޙައްމަދު
ޢާދިލް މޫސާ
ޑރ. މަރްޔަމް ސުޒީ އާދަމް
ޢަލީ ޢިރުފާން
މުޙައްމަދު ޝާހިދު
މީގެއިތުރުން އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ ޢަބްދު ﷲ ނަސީމް، މޫސާ ރަޝީދު، ނަޖީމް އިބްރާހީމް އެވެ.