ތިލަފުށިން ޔޫޓީއެފްއަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫއުއާބެހޭ ގޮތުން އޭއައިއައިބީއާއެ މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ތިލަފުށިން ޔޫޓީއެފްއަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުއްޠަލިބް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.  

މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ތިލަފުށިން ޔޫޓީއެފްއަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫއުއަކީ ކުރިމަގުގައި މި ސަރަހައްދުގެ ގުޅުން ބަދަހިކޮށް، އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއުއެއް ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 187 ރަށް އޮތްއިރު މި ރަށްރަށުގައި އުމްރާނީ ތަރައްގީ ކުރިއެރުވުމަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުންދާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން މިހާރުވެސް ރާއްޖޭގައި 4 މަޝްރޫއުއެއް ހިންގުމަށް ފަންޑިންގް ދޫކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އޭގެތެރޭގައި ކޮވިޑް މެނޭޖްމަންޓް ހެލްތް ޕްރިޕެއާރޑްނެސް ޕްރޮޖެކްޓްގެ އިތުރުން ގްރޭޓަރ މާލެ އޭރިއާގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު އަދި ސޯލަރ ޕަވަރ ޑިވެލޮޕްމަންޓް ފަދަ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް