ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމަށް ރުހުންދިނުމަށް މަޖިލީހުން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޢައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމާގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވުމުން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ޢައްބާސަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރީ އިއްޔެގައެވެ.

ޢައްބާސަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައި ކޮމިޓީން ފާސްކުރި ރިޕޯޓް،ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގެ ތަޅުމަށް ވަނީ ހުށަހަޅާފައެވެ.

އެއާއެކު ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޢައްބާސް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ޢައްބާސަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީޖީގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި ޙުސައިން ޝަމީމް ޕީޖީ ކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށެވެ. އޭނާގެ މައްޗަށް މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނެގީ އޭނާ އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް