ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު ދެ މީހަކަށް ދައުވާކުރަން ފޮނުވައިފި

Loading

Facebook
Twitter
WhatsApp

ގެސްޓު ހައުސްއަކަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދެ މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

މި ކަން ހިނގީ މާލޭގައި ހުންނަ ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްގައެވެ.

ފުލުހުން މިއަދު ބުނީ ޖުލައި 19 ވަނަ ދުވަހު އެ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

މި މައްސަލާގައި ދައުވާކުރަން ފޮނުވީ ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނާމެދު ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް