ފެނަކަ ކޯޕަރޭޝަން ލިިމިޓެޑްގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އައްޔަންކޮށްފިއެވެ.
ފެނަކައިގެ ޗެއާމަން ކަމަށް ޝިމާދު އައްޔަންކޮށްފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމުގެ އިދާރީ މަސައްކަތްތައް ފަށާފައިވަނިކޮށެވެ.
ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ދެ ބޭފުޅަކު ވެސް ވަނީ އައްޔަންކޮށްފައެވެ.
ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވަނީ މުޙައްމަދު ނިޒާމާއި މުޙައްމަދު މާޒިންއެވެ.
ފެނަކައިން މިއަދު ވަނީ އެ ކުންފުނީގެ އާ ޗެއާމަނާއި ބޯޑަށް އައްޔަންކުރި ދެ މެންބަރުންނަށް މަރުހަބާ ކިޔާފައެވެ.