ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ސައިކަލެއްގެ މަޑި ދަށުގައި ހުރި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް އާލަމް (45އ) އެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން ގެއްލުން ލިބުނު ސައިކަލުގެ މަޑި ދަށުގައި ބަހައްޓާފައި ހުރި 442,750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވެއެވެ.

އެކަމަކު ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް