ހުޅުމާލޭގައި ވެހިކަލް ޕާކުކުރުމަށް 90،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ވެހިކަލް ޕާކުކުރުމަށް ވަގުތީ ސަރަހައްދެއް ކަނޑައަޅައިފިއެވެ.

ހުޅުމާލޭގައި ޓެކްސީތަކާއި 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ވަގުތީ ސަރަހައްދެއް ކަނޑައެޅީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މިދިޔަ މަހުގައި ޓްރާންސްޕޯޓް މިނިސްޓްރީ، ހޯމް މިނިސްޓަރ، ފުލުހުން، އެޗްޑީސީ، މާލެ ސިޓީ ކައުންސިލު ގުޅިގެން ބޭއްވި ބައްދަލުވުމުގައި ވަނީ ޓެކްސީތަކަކީ މުހިންމު އާންމު ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކަކަށްވާތީ، އެ ފަރާތްތަކަށް ވަކި ޕާކިންގއެއް ޚާއްސަކުރުމަށް ނިންމިއެވެ.

އެގޮތުން، ޓެކްސީ އަދި 4 ފުރޮޅުލީ އުޅަނދުތަކުގެ އާންމު ޕާކިންގއަށް ހުޅުމާލެއިން ހަމަޖެއްސި ބިމުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 90،000 އަކަފޫޓެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އޭގެތެރެއިން 50،000 އަކަފޫޓް ޚާއްސަ ކުރެވިފައިވަނީ ޓެކްސީ އަދި އެހެނިހެން 4 ފުރޮޅުލީ އުޅަނދު ދުއްވުމަށްފަހު ނަމާދު ގަޑިތަކާއި އެހެނިހެން ބްރޭކް ނަގާއިރު ބޭއްވުމަށް ކަމަށެވެ. އަދި އަނެއް 40،000 އަކަފޫޓަކީ ނުގަވާއިދުން ޕާކުކޮށްފައިވާ އުޅަނދުތައް ޓޯ ކުރުމަށް ފުލުހުންނަށް ދީފައިވާ ޖާގައެއް ކަމަށެވެ.

ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް 6 މަސްދުވަހުގެ މުއްދަތަށް ބެހެއްޓުމަށް 42،000 އަކަފޫޓަށްވުރެ ބޮޑު ވަގުތީ ބިމެއް ހުޅުމާލޭގެ ފޭސް 2 ގައި ޚާއްސަ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މި ނިންމުންތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް