ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

Loading

Facebook
Twitter
WhatsApp

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެގޮތުން އިއްޔެ ފެށި މި އޮޕަރޭޝަނުގައި ވަނީ މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއްނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިމިގުރޭޝަނުން ބުނީ އެފަދަ ތަންތަން ބިދޭސީންނަށް ކުއްޔަށްދޭ މީހުންނަށް ވެސް ފިޔަވަޅުއަޅާނެ ކަމަށެވެ.

މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ހުރިހާ ގެއެއް ނުވަތަ އެކޮމޮޑޭޝަނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް