އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެެތެރެނުވެވޭ ގޮތް ހެދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ފެށޭ ދައުރުގައި ކުރިއަށްދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ފަލަސްޠީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ސަރުކާރު ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އެކިއެކި ޕްލެޓްފޯމުތަކުގައި ޚިޔާލުފާޅު ކުރައްވާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ފަލަސްޠީނާ ދޭތެރޭ ގެންގުޅޭ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
“މިހާރު ރައްޔިތުންގެ މަޖިލިސް މިއޮތީ ޗުއްޓީގައި. އިރާދަކުރެއްވިއްޔާ ޗުއްޓީއަށްފަހު މަޖިލިސް ފެށިގެންދާއިރު މި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާނެ.“
އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅޭ ބިލު، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ދިރާސާކުރަން ފަށާފައެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުން ނިންމީ ޖޫންމަހުގެ ތެރޭގައެވެ.
3 Responses
ނުވާނެ
ރައީސް މުއިއްޒު އަކީ ބޮޑު ދޮގުވެރިޔެކޭ ގައުމުގެ މަޖޯރެޓީ މިހާއަވަހަށް އެބަކިޔައޭ ދަންނަވައިދެއްވާށެވެ. އެހެނީ އަހަރެމެންގެވެސް ބައިވެރިވުމާއި އެކު އުފެދުނު ސަރުކާރަކަށްވާތީ މިހާ އަވަހަށް އަތަށް ގޮވާކަށް ނޭދެމެވެ. މިހާރުވެސް ޕްރެޝަރ ބިލްޓްވާކަން ކުރީބުނިއެތި ކެންސަލްވާލެއް ގިނަވީމާ އެނގިގެން އެބަ ދެއެވެ.
އިޒްރޭލޭ ދެން ކިޔުންވެސް މަނާކުރާނީ. އެމެރިކާއިން ސަލާމް ޖަހައިގެން ފައިސާފޮއްޗެއް ހޯދާ ހިސާބަށް ދިޔައިމާ ދެން އިޒްރޭލޭ ކިޔައިގެން ޚުތުބާވެސް ނުކިޔޭނެ ދުވަސް މިވަނީ ކައިރިވެފާ. މާ ފުއްޕާފަ ކެބިނެޓުން އިސްރޭލުގެ ޕާސްޕޯޓްގައި ރާއްޖެނާދަވޭ ގޮތްހަދަން ނިންމާފީމޭ ބުނެ ޓިކްޓޮކް ޖެއްސި މިނިސްޓަރުންތައް ލަދެއްނުގަނޭތޯއެވެ. ރައީސް އިބޫގެ ގަރާރުތަކާއި މަސްކަނޑާ ޗާގޯސް މިހާރު ކޮބާތޯއެވެ. ހުސް ހަމަ ދޮގު ގޯންޏަކަށް ވެ އިންސާނާ ހަފުަސްވީއެވެ. ދުނިޔޭގެ އަރާމަށް ހެއްލި އަވަދިވީއެވެ.