ހިރިމަރަދޫގެ ރައްޔިތުން ބޭނުންވަނީ ތުލުސްދުއަށް ބަދަލުވާން

Loading

Facebook
Twitter
WhatsApp

ހދ.ހިރިމަރަދޫގެ ރައްޔިތުން ކ.ތުލުސްދުއަށް ބަދަލުވާން އެދިއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ރައްޔިތުން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ ތުލުސްދުއަށް ބަދަލުވުމަށް ކަމަށް ބައްދަލުވުމުގައި މެންބަރުން ވިދާޅުވި ކަމަށެވެ.

ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުން އެ ރަށުގެ އާބާދީއަކީ 293 މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް