ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަބްސިޑީގެ ދިނުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފަހުގެ ތަފާސް ހިސާބުތަކުން އެސްއޯއީތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައި ވެއެވެ. ރާއްޖޭގައި ހުރި 30 އެސްއޯއީގެ ތެރެއިން 14 އެސްއޯއީއެއް މި މުއްދަތުގެ ތެރޭގައި ގެއްލުމެއްގައި އޮޕަރޭޓްކުރާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ދައުލަތުގެ ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން، ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސަރުކާރުން އަންނަނީ އަމަލީ ގޮތުން ހައްލު ހޯދަމުންނެވެ. ފެނަކަ ކޯޕަރޭޝަން ފަދަ މުހިންމު ކުންފުނިތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެއްކޮށްލަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެގްރޯނެޓް މޯލްޑިވްސް ފަދަ ބައެއް ކުންފުނިތައް އުވާލާފައި ވަނީ އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި މަސައްކަތްތަކާއެކުވެސް، މިހާރު ހުރި އެސްއޯއީތަކުގެ ދިގު މުއްދަތުގައި ފައިދާ ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ.
2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފަހުގެ ތަފާސް ހިސާބުތަކުން އެސްއޯއީތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. ރާއްޖޭގައި ހުރި 30 އެސްއޯއީގެ ތެރެއިން 14 އެސްއޯއީއެއް މި މުއްދަތުގެ ތެރޭގައި ގެއްލުމެއްގައި އޮޕަރޭޓްކުރާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. މިއީ ދައުލަތުގެ މާލިއްޔަތަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް ޓަކައި މިހާރަށްވުރެ ހަރުދަނާ މާލީ މޮޑެލްތަކެއް ބޭނުންވެފައިވާކަމުގެ އިޝާރާތެކެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހި ސަރުކާރުން ދައުލަތުގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާއިރު، މިއީ ރާއްޖޭގެ ދަރަނީގެ ބޮޑު ކާރިސާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ މެދު ކަންބޮޑުވުން އުފެދޭ އަދަދެކެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހަރަދުގެ އެންމެ ބޮޑު ބައެއް އަމާޒުވެފައި ވަނީ އެސްއޯއީތަކަށް ސަބްސިޑީ ދިނުމަށެވެ. ސަބްސިޑީގެ ގޮތުގައި ޖުމްލަ 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ސީދާ އެހީގެ ގޮތުގައި 60 މިލިއަން ރުފިޔާ އަދި ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 164 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 9 އިންސައްތަ އިގެ ކުރިއެރުމެކެވެ.
ޕީސީބީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 400 މިލިއަން ރުފިޔާ ކަމަށާއި، އެސްޓީއޯއަށް 360 މިލިއަން ރުފިޔާ އަދި ފެނަކައަށް 250 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އިދާރީ ޚަރަދުތައް ހަމަޖެއްސުމަށް އެޗްޑީސީއަށް 84 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް 24 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ވެސް 28 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޕީސީބީން އާންމުކޮށްފައިވާ މި ތަފާސް ހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ އެސްއޯއީތައް ދެމެހެއްޓުމަށް ބޭނުންވާ މާލީ ގޮތުން ކުރަންޖެހޭ މުހިންމު ޚަރަދުތަކެވެ. އިޞްލާޙީ އެޖެންޑާއާއެކު ސަރުކާރުން ކުރިއަށްދާއިރު، މި ވިޔަފާރިތަކަށް މާލީ މިނިވަންކަން ހޯދުމަކީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޤައުމީ ދަރަނި އިތުރުވަމުންދާ ދަނޑިވަޅެއްގައި ދިގު މުއްދަތަކަށް އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
0 Responses
ސަރުކާރުގެ ކުންފުންޏެއް ނުހުންނާނެ. ސަރުކާރުން ދައުލަތުގެ ކުންފުނިތައް ރައްޔަތުންގެ މުދާކަން ދެނެތިބެ އަމާނާތްތެރިކަމާއި އެކު ހިންގާނީ.