ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގައި ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ.
ރޭ މެންދަމު ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި ނިޔާވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއް ކަމަށްވާ ޕްރިޒަން ލާންސްކޯޕްރަލް ހަސަން ސަމާހުއެވެ.
3 Responses
މިހާރު ތިޔަ ތަނުގައި ހިގާ އެކްސިޑެންޓުން މަރުވާ މީހުން ގިނަވެއްޖެ ދުއްވަން އުދަނގޫ ވާގޮތަށް މަގުތައް ހަދާބަލަ
ފަސޭހަގޮތްވީމާ ލިބޭ ހިތާމަ މާބޮޑު
ކާރު ދުއްވި މީހާއަށް ލަސްނުކޮށް ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ލިބެންޖެހޭ ތިފަދަ ބޮތި މަސްސަލަ ތައް މިރާއްޖޭގަ ވގިނަ ތިފަދަ ކުއްތަށް ކޮށްފަ ތިބި ހުރިހާ އެންމެން ނަށް ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ދެއްވާ ނޫނީ ތިފަދަ ކަންތައް ތައް ދުވަހަކުވެސް ހައްލު ނުލިބޭނެ މަރައް މަރު މީ އިންސާފަކީ
ދައުލަތުގެ އެއްވެސް އިދާރާއަކުން ހަމްދަރުދީ އެއް ނުވޭ ގެއްލޭ ފުރާނައަކަށް.
ކުޑަކުޑަ މާލެގައި ބާރަށް ދުއްވާ މީހުން ފުލުހުންނަށް ފެންނަ ކަމަކަށް ނުވޭ.
ސަރުކާރު ބަދަލުވިޔަސް މި ކަމެއް ރަނގަޅު ނުވޭ
ަމައްސަލައަކީ ބާރަށް ދުއްވުން. ޓްރެފިކް ލައިޓާއި ބުރުތައް ނެތުމެއް ނޫން. އެކަން މިއަދު އެބަ އެނގޭ.