ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވީ މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
މި އިސްވަރަކީ ރައީސް ޑރ. މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ.
މި އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ.
އެ ދާއިރާތަކަކީ:
ދިވެހި ބަސް
ދިވެހި ތާރީޚް
ދިވެހި ތަރިކަ
ދިވެހި ސުމޭކު
ދިވެހި ފަންނު
ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރު ލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް ކަމަށެވެ. މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް ކަމަށާއި އެއީ މެންބަރޝިޕް ކޮލެޖެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.