މަސްވެރިންނަށް އިތުރު 7 މިލިއަން ރުފިޔާ މިއަދު ޖަމާކުރަނީ

Loading

Facebook
Twitter
WhatsApp

މަސްވެރީން އަތުން މިފްކޯއަށް ކިރާފައިވާ ކަނޑުމަހުގެ ތެރެއިން 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ މިއަދު އޮޑިވެރީންނަށް ޖަމާކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ އޯގަސްޓް މަހުގެ 9 އިން 23 އަށް މަސްވެރިން ކިރުވާފައިވާ 445 ޓަނަށްވާ 7 މިލިއަން ރުފިޔާ މިއަދު ޖަމާކުރާނެ ކަމަށެވެ.

ދެން މިފްކޯއިން ފައިސާ ދޫކުރާނީ އޯގަސްޓު 24 އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާ ކަމަށާއި މުއްދަތުގެ ތަފްސީލް އެނގޭނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ފަހުން ކަމަށް މިފްކޯއިން ބުންޏެވެ.

“އެ މުއްދަތު ހަމަވުމުން އެ ފައިސާ ވެސް ވީހާވެސް އަވަހަށް އޮޑިވެރީންނަށް ޖަމާކޮށްދޭނެ“ މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ ސަރުކާރާއި އެ ކުންފުނީގެ ކޭޝްފްލޯގެ ދަތިކަމުގެ މި ހާލަތުގައިވެސް ކުންފުނީގެ ބޯޑާއި މެނޭޖުމެންޓުގެ އިތުރުން، ސަރުކާރާއި، ފިޝަރީޒް މިނިސްޓްރީން ގުޅިގެން ކުރެވޭ މަސައްކަތުގައި ސަރުކާރުން ލިބޭ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް