ސަރުކާރުގެ ސިޔާސަތަކީ އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކަންކަން ބައްޓަން ކުރުން: ރައީސް

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އިންޑަސްޓްރީއެއްގައި ވެސް މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކަންތައްތައް ބައްޓަން ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބައެއް ޔޫނިއަންތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރައްވައި ދެއްވި ވީޑިިއޯ މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އާއި ގެދޮރުވެރިކަމާބެހޭ އެކި ޔޫނިއަންތަކުގެ ބޭފުޅުންނާ ކަމަށެވެ.

އޭގެތެރެއިން އެއް ބައްދަލުވުމަކީ ބީކޭއެމްޔޫގެ ބޭފުޅުންނާ އެއްކޮށް ބާއްވާ ބައްދަލުވުން ކަމަށާއި ދެވަނަ ބައްދަލުވުން ބާއްވަވަނީ ފަހި ޔޫނިއަންއާއި ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަނާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީއާއި މާލޭ ރަށްވެހިންގެ ޖަމްއިއްޔާއާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން މި ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުުކާރުގަ ސިޔާސަތަކީ އެކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ އަޑުއަހައިގެން ކުރިއަށްދިއުން ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އިންޑަސްޓްރީއެއްގައި ވެސް މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކަންތައްތައް ބައްޓަން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް