ޝާދިޔާއާއި ޑރ. ޝަޛުރާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުން އެ ދެ މީހުން ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވައި ބޭއަދަބީ ބަހުން މުއާމަލާތްކޮށްފައެވެ.

މީގެއިތުރުން މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށް ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންގޮސްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. އަދި ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ އަމުރުކުރީ 3 ދުވަހަށް ދެ މީހުން ބަންދުކުރުމަށެވެ.

ފުލުހުން މިއަދު ބުނީ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 5 ދުވަސް އިިތުރުކޮށްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް