ރާއްޖެ އަމާން ތަނަކަށް ހެދުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައްޔިތުން ގަބޫލުކުރޭ: ސީޕީ

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރާނެކަން ޔަގީންކުރައްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތް ދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޖަލްސާގައެވެ.

ސީޕީ ވިދާޅުވީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރާނެކަން ޔަގީންކުރައްވާ ކަމަށެވެ. އަދި ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ދިވެހި ފުލުހުންގެ ލެޔާއި ފުރާނައިން އަގު ދައްކާފައިވާ ކަމަށް ދިވެހި ރައްޔިތުން ހެކިވާނެ ކަމުގައި ވެސް ސީޕީ ވިދާޅުވިއެވެ.

އެގޮތުން ޝަހީދު އާދަމް ހަލީމް، ޝަހީދު އަލީ ނާޒިމް، ޝަހީދު މިސްބާހު ޢަބްދު އަދި ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ފުލުހުންނެއް ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށްޓަކައި ގުރުބާންވެފައިވާކަން މި ކުރު މާޒީގައި ފެންނަންހުރިކަން ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ފުލުހުންގެ ޚިދުމަތުގެ މި ވިހި އަހަރުގެ މާޒީގެ ހަގީގީ ބަޠަލުންނަކީ އެއީ ކަމުގައި ވެސް ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން ސީޕީ ވިދާޅުވީ ފުލުހުންނަކީ، ފުލުހުންގެ މަސައްކަތްތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ކުށުގެ ވެށިން ވިކްޓިމް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރު ކަމަށެވެ. އަދި ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް