ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާ ދީފި

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާ ދީފިއެވެ.

ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާ ދިނީ އެ ދެ ޑޮކްޓަރުން ޑިއުޓީ އަދާކުރަމުންދިޔަ ހޮސްޕިޓަލަށް ހާޓް އެޓޭކެއް ޖެހިގެން ގެންދިޔަ ބަލި މީހަކަށް ނުބައި އިންޖެކްޝަނެއް ދިނުމަށްފަހު މަރައިލި ކަމަށް ތުހުމަތުކޮށްފައެވެ.

ހަމަލާ ދީފައިވަނީ ބަލި މީހާ މަރުވުމުން މަރުގެ ސެޓްފިކެޓް ތައްޔާރުކުރުމަށްޓަކައި އެ މީހާގެ އައިޑެންޓިޓީ ކާޑު ނެގުމަށް އާއިލާގެ ކައިރިއަށް ދިއުމުންނެވެ.

އެނގިފައިވާ ގޮތުގައި ދެ ޑޮކްޓަރުންނަށް ހަމަލާ ދިނުމުން އެ މީހުން ސަލާމަތްކުރީ އެ ވަގުތު ޑިއުޓީގައި ތިބި ސީނިއަރ ޑޮކްޓަރުންތަކެއް އެތަނަށް ގޮސްގެންނެވެ.

މި ދެ ޑޮކްޓަރުންނަކީ ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ކިޔަވަމުންދާ ދެ ޑޮކްޓަރުންނެވެ.

މި ކޭސްއާ ގުޅިގެން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން ވަނީ ދިވެހި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފައެވެ.

ފޮޓޯ: ޑޮކްޓަރސް އިންފޯ ޑޮޓް އޯއާރްޖީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް