މެލޭޝިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މިއަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ތަހުނިޔާ ވިދާޅުވެ ރައީސް ޑރ. މުޢިއްޒު، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީތަކުގައި، ވަނީ ރާއްޖެއާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި، އެއްބައިވަންތަ އުސޫލުތަކާއި، ރައްޔިތުންގެ މެދުގައި ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މެލޭޝިއާގެ ރަސްގެފާނާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް