ޑރ. އިޔާޟްގެ އަނބިކަނބަލުންނާއި ޑރ. ޝަޛުރާ 3 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމް 3 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭއަދަބީ ބަހުން މުއާމަލާތްކޮށް ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށެވެ.

މި އަމަލުތަކާ ގުޅިގެން އެ ދެ މީހުންނަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ދެ މީހުން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފޮޓޯ: މިހާރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް