ޑރ. އިޔާޟްގެ އަނބިކަނބަލުންނާއި ޑރ. ޝަޛުރާ ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި އިތުރު އަންހެނަކު ހައްޔަރުކޮށްފިއެވެ.

މިއަދު މެންދުރު 13:00 ހާއިރު ހައްޔަރުކުރީ މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) ގެ އިތުރުން ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) އެވެ.

މިކަން ހާމަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭއަދަބީ ބަހުން މުއާމަލާތްކޮށް ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި އަމަލުތަކާ ގުޅިގެން އެ ދެ މީހުންނަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ ޝާދިޔާއާއި ޑރ. ޝަޒްރާ އިހުތިޖާޖުކުރީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް