ވާބައްޔަކީ ކޮބައިކަމާއި އެ ބަލި ފެތުރޭ ގޮތް

Loading

Facebook
Twitter
WhatsApp

ވާބަލި (Poliomyelitis) ނުވަތަ ޕޯލިއޯ އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ތަރައްގީވަމުން އަންނަ 3 ވަނަ ދުނިޔޭގެ ގައުމުތަކުގައި ވާބަލި ބޮޑަށް ޢާންމު ވެފައިވަނީ ތުއްތު ކުދިންނާއި ޕްރީސުކޫލް އުމުރުފުރާގެ ކުދިންގެ މެދުގައެވެ. ނަމަވެސް ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި މިބަލި ބޮޑަށް އާންމީ ބޮޑެތި މީހުންގެ މެދުގައެވެ. އާންމު ގޮތެއްގައި ފިރިހެނުންނަށް ބަލިޖެހޭ ނިސްބަތް އިތުރެވެ. އަދި ހޫނު މޫސުމުގައި ފެތުރޭ މިންވަރު ވެސް މައްޗެވެ. ނިސްބަތުން ރަށްފުށުގައި މިބަލި ފެތުރުން އިތުރެވެ.

ސަބަބު

ވާބަލި ޖައްސާ ވައިރަސް އަކީ ”ޕޯލިއޯ ވައިރަސް“(Polio virus) އެވެ. މިއީ އާރުއެންއޭ އެކުލެވޭ ވައިރަހެކެވެ. މިއީ އެންޓިރޯވައިރަސް ގުރޫޕަށް ނިސްބަތްވާ ވައިރަހެކެވެ. ބަލިޖެހިފައިވާ މީހާގެ ބޮޑުކަމުނަޖިހުގައި ވައިރަސް ހުންނާނެ އެވެ. ބަލިޖެހުމަށްފަހު އެތަކެއް ހަފްތާއެއް ވަންދެން އެމީހެއްގެ ބޮޑު ކަމުނަޖިހާއެކު ވައިރަސް ދޫކުރަމުން ގެންދާނެއެވެ.

މިވައިރަސް އިންސާނާގެ ހަށިގަނޑުގައި ގޮހޮރުގެ ބައިތަކުގެ ތެރޭގައި ގިނަވެ އިތުރުވެއެވެ. އެއަށްފަހު ވައިރަސްތައް ނާރުތަކުގެ ނިޒާމަށް ވާޞިލް ވެއެވެ. އެގޮތުން ހަޖަމުކުރާ ނިޒާމުން ނާރުތަކުގެ ނިޒާމަށް ވައިރަސް ވާޞިލްވަނީ ބަލިޖެހޭ މީހުންގެ ތެރެއިން އެންމެ 2 އިންސައްތަ މީހުންގެ އެވެ.

ފެތުރޭގޮތް

Ø      ކެއްސާ ކިނބިހިއަޅާއިރު ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުން

Ø      ވައިރަސް އާއި ތަޣައްޔަރުވެފައިހުރި ކާބޯތަކެތި ކެއުމާއި ބުއިން

Ø      ވައިރަސް އާއި ތަޣައްޔަރުވެފައިވާ އަތްނުދޮވެ، އަނގަޔަށް، ލޮލަށް ނޭފަތަށްލުން

Ø      ވައިރަސް ހުރި ދަވަ، އަރިދަފުސް، ބޮޑުކަމު ނަޖިހުގައި ބީހުން

Ø      ބަލިޖެހިފައިވާ މީހެއްގެ ބޮޑުކަމުނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތީގައި ބީހުން

Ø      ބަލިޖެހިފައިވާ މީހަކާއި މާބޮޑަށް ގައިގޯޅިވެއުޅުން

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ވާބަލި ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 14-7 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. މިމުއްދަތު 35-5 ދުވަހާއި ދެމެދުގެ މުއްދަތަށް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.

ގައިންގަޔަށްއަރާ މުއްދަތު (Infectious period): ހޯއްގޮވާ ކެއްސުން ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 7 ދުވަހުން ފެށިގެން (ބަލީގެ އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން) ގޮސް،  ހޯއްގޮވާ ކެއްސުން ފެށުމަށްފަހު އަންނަ 3 ހަފްތާގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ. ބަލި އެންމެ ބޮަޑަށް އެހެން މީހުންނަށް ފަތުރަނީ ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ނުވަތަ އެންޓިބަޔޮޓިކް ދޭނަމަ، 5 ދުވަހު އެންޓިބަޔޮޓިކް ބޭނުންކޮށް ނިމެންދެނެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް