އޭސީސީގެ މެންބަރުން ވަކިކުރަން ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

ޮކޮރަޕްޝަނާގުޅޭ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ކުރިން ތިބީ ނިދާފައި ކަމަށާއި އެ މީހުން މަގާމުން ވަކިކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް ހުށަހަޅާފައިވާ އިންޝުއަރެންސް ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން އައްބާސް ގޮވައިލެއްވީ ކުރީ ސަރުކާރުގެ ފަހުކޮޅުގައި އުސޫލާ ޚީލާފަށް ލިސްޓެއް އިއުލާންކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އޭސީސީއިން އެ ފްލެޓްތައް ހަވާލުކުރުން ހުއްޓުވުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ.

”ފަޅުން ގޯތި ދިން ގޮތް ސައްހަވެފައި ކީއްވެތޯ 4000 ފްލެޓުން ފްލެޓް ލިބުނު މީހުންނާ މެދު އޭސީސީން ކަންކުރަންވީ ގޮތް ބުނެދިނީ ކީއްްވެގެންތޯ.“ އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ ފްލެޓް ލިސްޓު ހެދި ހިސާބުން އޭރުގެ ސަރުކާރުގައި އޭސީސީން އެ މައްސަލަ ނުބަލައި ބޭއްވުމަށްފަހު ސަރުކާރު ބަދަލުވުމުން އެކަމާ އޭސީސީން އުޅުނީ އެ ކޮމިޝަންގެ މެންބަރުންގެ މަގާމު ދިފާއުކުރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.

”ނިމިދިޔަ ސަރުކާރެއްގައި ފްލެޓެއްގެ ވާހަކަ ހުއްޓާނުލާ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ދެއްކިއިރު އޭސީސީ އޮތީ ނިދިކުރައްވާފަތޯ؟“ މިއަދު އެހެން ސަރުކާރެއް އައުމުން އޭސީސީ ނިދިން ހޭލީ ކީއްވެތޯ ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވިއެވެ.

“މަގާމު ދިފާއު ކުރަން. މިހާރުން މިހާރަށް އޭސީސީ އެންމެ ބޭރުކުރަންވީ.“ އައްބާސް ވިދާޅުވިއެވެ. 

މީގެއިތުރުން އައްބާސް ވިދާޅުވި ގޮތުން އޭސީސީން މަސައްކަތް ކުރަނީ މި ސަރުކާރާ ރައްޔިތުންނާ ޖައްސާށެވެ.

ޢައްބާސް ވަނީ ރާއްޖޭގައި ހުރި ފަޅު ރަށްތައް ރިސޯޓު ހަދަން ކުއްޔަށްދިނުމަަށްފަހު, އެއިން ލިބޭ ޓެކްސް ފައިސާއިން މާލޭ ސަރަހައްދުން ބިން ހިއްކުމަށްފަހު, ހިލޭ އެ ބިންތައް މާލޭ މީހުންނަށް ދިނުމަކީ ރާއްޖެތެރޭ މީހުންނަށް ގައްދާރުވުން ކަމަށް ވެސް ވިދާޅުވެފައެވެ.

ފޮޓޯ: މިހާރު

Loading

One Response

  1. ކުރިން ނިދާފާ ތިއްބަސް މިހާރު ތިބީ ހޭލާ ކަމަށްވަންޏާ ދެން ކީއްކުރަން އެހެން ބަޔަކު ނިދަން ގެންނަންވީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް