ވެރިންގެ ކައިރީގައި ގިނަ ވާނީ ސަރުކާރު ހަލާކު ކޮށްލަން ކައިރީގައި ތިބެ ވާހަކަ ދައްކާ މީހުން: ޤާސިމް

Loading

Facebook
Twitter
WhatsApp

ވެރިންގެ ކައިރީގައި ގިނަ ވާނީ ސަރުކާރު ހަލާކު ކޮށްލަން ކައިރީގައި ތިބެ ވާހަކަ ދައްކާ މީހުން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން ކޮންމެ 3 އަހަރަކުން އެއްފަހަރު އެ ފީއަށް ބަދަލު ގެނެވޭ ގޮތަށް އޮތް އޮތުމާ ގުޅޭ ގޮތުންނެވެ.

މި ބަހުސްގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ވަނީ ސަރުކާރުން މިފަދަ ބިލެއް ފޮނުވާނީ ވަރަށް ބޮޑަށް ދިރާސާކޮށްފައި ކަމަށާއި ސަރުކާރަށް ލިބޭ އާމްދަނީއާ ވެސް އެ އަދަދު ގުޅޭ ކަމަށެވެ.

ގާސިމްގެ ހިޔާލު ތަފާތުވީ ވަޒީފާ އާ ބެހޭ ގާނޫނުގެ 65-1 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރަން ހުށަހަޅައިފައިވާ މާއްދާތަކުގެ ތެރެއިން ކޯޓާ ދޫކުރުމުގެ ބައިތައް ހިމަނާފައި އޮތް މާއްދާގެ (ނ) އާއި (ރ) އާއި (ބ) ގައި ހުރި ވާހަކަތަކާ ގުޅިގެންނެވެ. އެ މާއްދާތަކުގައި އޮތީ ކޯޓާ ފީގެ ގޮތުގައި ކޮންމެ ކޯޓާއަކަށް 2000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ ތިން އަހަރަކުން އެއްފަހަރު އެ ފީއަށް 30 އިންސައްތައަށްވުރެ އިތުރު ނުވާ ވަރުގެ ބަދަލެއް ގެނެވޭނެ ކަމަށެވެ.

ކޮމިޓީގައި ޤާސިމް ވިދާޅުވީ އެ އިސްލާހުތައް އެ ހުރި ގޮތަށް ފާސްކޮށްފިނަމަ, ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކޮށްފާނެ ކަމަށާއި, ސަރުކާރަކުން ފޮނުވާހައި އެއްޗެއް އެ އޮތް ގޮތަށް ފާސްކުރަން ނުޖެހޭ ކަމަށެވެ. އަދި ގިނަވާނީ ސަރުކާރެއް ހަލާކު ކޮށްލަން ވެރިއެއްގެ ކައިރީގައި ތިބެގެން ވާހަކަދައްކާ މީހުން ކަމަށާއި އެހެންކަމުން އެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ޤާސިމް ވިދާޅުވިއެވެ.

“މިއީ ކަނޑައެޅިގެން ގޯސް އެއްޗެއް, ކަނޑައެޅިގެން ގޯސް އެއްޗެއް. އަޅުގަނޑު އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ލޯބީގެ ކަތުރަކުން ކަފާލާ ގޮތަށް ބަޔަކު ގާނޫނެއް ހަދާފައި ފޮނުވީމާ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ލޯބީގެ ކަތުރަކުން ކަފާލައި ނިންމާލާކަށެއް. އެހެންވީމާ އަޅުގަނޑު ތާއީދު ނުކުރަނީ.“

މިގޮތަށް ވިދާޅުވުމަށްފަހު ޤާސިމް ވަނީ ކޮމިޓީ ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.

އެގޮތުން ކޯރަމް ގެއްލި ކޮމިޓީގެ ބައްދަލުވުން މިއަދަށް ވަނީ ނިންމައިލައިފައެވެ.

Loading

2 Responses

  1. ޤާސިމް ޢެވިދާޅުވީ ތެދެއް އެއީ ޢެކަން ހިގާގޮތް އަލުގަޑުމީ އެކަން ތަޖުރިބާ ޚޮއްފަހުރިމީހެއް ވެރިން ކައިރީގަ ގިނަވާނީ ސަރުކާރު ޙަލާކު ޚޮށްލަން ކައިރީގަ ތިބެ ޥާހަކަ ދައްކާމީހުން އަނެއްކާ ޢެމީހުންގެ ވާހަކަ ވެރިން ޤަބޫލުވެސް ކުރަށްބާނެ

  2. ގަވައިދުތަކާއި ގާނޫނުތައް ހަދަނީ ވަރަށް ދިރާސާ ކޮށްފައެވެ. އެ ދިރާސާގައި ފުނޑިގެންދަނީ ފަގީރު ރައްޔިތުންނެވެ. ކޯޓާ ފީ އަކަސް ވިސާ ފީއަކަސް މުއްސަނދިންނާއި ފަގީރުން ތަފާތެއް ނުކުރެއެވެ. ގޭގައި މަސައްކަތްކުރަން އަންހެނަކު ނޫނީ ނުގެނެވެއެވެ. ނިކަމެތި މީހާ ބޭނުންވާނީ ގޭތެރޭގެ މަސައްކަތްތައް ކުރެވޭނެ އެންމެ މީހަކު ގެންނާށެވެ. ކައްކަން ދަރިންގެ މައިމީހާ ހުންނާނެއެވެ. އެކަމަކު ގޭތެރޭގެ ތަނެއް ގައި ކުލަކޮޅެއް ހާކާލަން ނުވަތަ ފާޚާނާގެ ފެންހޮޅިތައް ރަނގަޅުކޮށްލުން ކަހަލަ ކަންތައް އަންހެން ނޯކަރަކު ގެނަޔަސް ނުކުރެވޭނެއެވެ.
    ކޯޓާ ފީއާއި ވިސާ ފީ ދެއްކުމުގައިވެސް ވިޔަފާރި އުސޫލުން މަސައްކަތު މީހުން ގެންނަ ފަރާތްތަކެކޭ ފަގީރު މީހާގެ ގޭގައި ގެންގުޅޭ މަސައްކަތު މީހާއެކޭ ތަފާތެއް ނެތެވެ. މިއީ ވެސް ވަރަށް ދިރާސާ ކޮށްފައި ހަދާފައި އޮތް ގަވައިދެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް