އަންނަ ހަފްތާއިން ފެށިގެން ޓީވީތަކުން ވެސް ހުކުރު ޚުޠުބާގެ ތަރުޖަމާގެ ސަބްޓައިޓަލް ގެނެސްދޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް އަރުވަން މިހާރު ވަނީ ފަށައިފައެވެ.
އެގޮތުން މިދިޔަ ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުގެ ލައިވް އަދި އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ވަނީ ގެނެސްދީފައެވެ.
ކުރިއަށް އޮތް ހަފުތާއިން ފެށިގެން ޓީވީ ޗެނަލްތަކަށް ވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އޭގެތެރޭގައި މުސްލިމުންގެ އަދަދު ނުހަނު ގިނައެވެ. ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާގެ ސަބްޓައިޓަލް އަރުވަން ފެށީ އެ މީހުންނަށް ވެސް ޚުޠުބާ އޮޅުންފިލުވައިދިނުމުގެ ގޮތުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ބިދޭސީންނަށް ޗާޕުކޮށްގެން ލިބޭ ގޮތް ވެސް ހަދައިފައެވެ.
4 Responses
ތިޔަކުރާ ކަންތަކަށް ވުރެ ހުޅުމާލެ ރަޝީދު މިސްކިތުގައި ޖަހާފައި ހުރި މުށިތަކުގައި ޖަހާފައި ހުރި ބުދުތައް ނަގާ ސާފުކުރުން ވެސް
ރަޝީދު މިސްކިތުގައި އިމާމުމީހާ ސަޖިދަ ޖަހަނީވެސް ބޮޑު ބުދުގެ މައްޗަށެވެ އޭނާގެ ފަހަތުގައި ނަމާދު ސައްހަ އެއްނުވާނެ
ހިތް ބިރުން ތެޅޭ ﷲ ދެކެބިރުން އެކަމަކު އިސްލާމިކު މިނިސްޓުރީ ގައި ތިބި އިލްމުވެރިންގެ ހިތަކަށް ކަހެރުވަކޭ ވެސް ހިތަކަށް ނާރައެވެ އަޅޭ ފަހެ އެއީ އިލްމު ވެރިންތޯއެވެ
އަހަރެންގެ ދީނުގެ ކަންތަށް ރާއްޖޭގެ މިސްކިތުގައި ހުންނާތީޢުފާވޭ