އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް އަދި މޯލްޑިވްސް ޒަކާތު ހައުސް ގުޅިގެން ކޮންމެ ހަފުތާއަކު މަދަރުސާ ކުދިންނަށް ރިސާލަތު އަދި ޒަކާތު އެވެއަރނެސް ސިލްސިލާ ސެޝަންތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
އެގޮތުން މިހާރު ވަނީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ޒަކާތުގެ ނިޒާމާ ބެހޭ ގޮތުން ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މަދަރުސާ ކުދިންނަށް މިފަދަ ސެޝަންތަކެއް ފަށާފައިވާއިރު,
އިސް ރަށްވެހިންގެ ނާދީގައި ވެސް އިއްޔެ ވަނީ ރިސާލަތުގެ ޚާއްސަ ސެޝަންއެއް ބާއްވައިފައެވެ.
މި ސެޝަން ނަންގަވައި ދެއްވީ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއެވެ. މި ސެޝަނަކީ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބޭއްވުނު ސެޝަންއެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ އާންމު ރައްޔިތުންނަށާއި މަދަރުސާތަކުގެ ދަރިވަރުންނަށް އިސްލާމީ އިލްމު އުނގަންނައިދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚާއްސަކޮށް ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖައްސައި އިލްމީ ޒުވާން ޖީލެއް ބިނާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 ޒުވާނުން ތަމްރީންކޮށް ނިންމާފައިވާއިރު އިތުރު 200 ޒުވާނުން މި މަހު ތަމްރީން ނިންމާނެއެވެ.
One Response
ތިގޮތަށް އަޚުލާޤު ވެސް ކިޔަވައިދީބަލ.