އިސްރާއީލުގެ ސިނާއީ ބަނދަރު ހައިފާ އޮންނަނީ ލެބަނަންގެ ބޯރޑަރުން އެންމެ ވިއްސަކަށްމޭލު ދުރުގައެވެ. އިސްރާއީލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއާއި އަގުބޮޑު ކެމިކަލްތަކާއި ބޮޑެތި ތެޔޮޓޭންކުތައް ބަހައްޓާފައި ހުރީ މި ބަނދަރު ސަރަހައްދުގައެވެ. 2006 ގައި އިސްރާއީލުން ލެބަނަންގެ ހިޒްބުއްލާ ޖަމާއަތާ ދެކޮޅަށް ހިންގި އުދުވާނުގައި ހިޒްބުއްލާ ގެ ހަމަލާތަކުން ހައިފާގެ އިމާރާތްތައް ވަނީ ވެއްޔަށް ހަދާލާފައެވެ.
ހައިފާގައި ދިރިއުޅޭ އާންމުންގެ ހަނދާނުން އެ ދުވަސްތައް އަދި ފިލައިގެން ނުދެއެވެ. މިއަދު އަނެއްކާވެސް ހައިފާ މިވަނީ 2006 އަށްވުރެން މާ ނުރައްތެރި ހާލަތަކަށް ހުރަހޮޅިފައެވެ. 2020 ގައި ބެއިރޫތުގެ ބަނދަރު ގޮއްވާލުން މިހާރުވެސް ލޮލުގެ ކުރިމަތީގައި ހާމަވަމުން ދާކަހަލައެވެ. ހައިފާއަށް ކޮންމެ ވަގުތެއްގައިވެސް އީރާނުން ނުވަތަ ހިޒްބު ﷲ ގެ ވަރުގަދަ ހަމަލާއެއް ކުރިމަތިވެއްޖެނަމަ އެ ޝަހަރު އެއްކޮށް ގޮވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ތެޔޮ ސާފުކުރާ ކާރުޚާނާއާއި އަގުބޮޑު ކެމިކަލްތަކާއި ބޮޑެތި ތެޔޮ ޓޭންކުތަކަށް އަމާޒުވެގެންދާ ހަމަލާއަކީ މުޅި ޝަހަރު ވީރާނާ ވެގެން ދިއުމަށް ވެދާނެއެވެ.
ހައިފާގެ މައުންޓް ކަރމަލްގައި ތިބެ ބަލާލުމުން އިސްރާއީލުގެ މުޅި ކަރަގޮނޑާއި އަދި މިހާރު ދެބަސްވުން އުފެދިފައިވާ ފަރުބަދަ މަތީ ސަރަހައްދުތަކުގެ ހިތްގައިމު މަންޒަރުތައް ފެންނާނެއެވެ. އެކަމަކު އެ ރީތި މަންޒަރުތައް ބަލާލަން ދޭވޭނެ ގޮތެއް ނެތެވެ. ކޮންމެ ދުވަހަކު ހިޒްބު ﷲ އިން ދެމުން ގެންދާ ރޮކްޓް ހަމަލާތައް އެންމެ ގިނައިން އަމާޒުވެފައި އޮންނަނީ އެ ސަރަހައްދަށެވެ.
ހައިފާގައި ދިރިއުޅޭ ތިން ލައްކައެއްހާ މީހުންނަށް ހަނގުރާމައިގެ ހާލަތަކީ އާކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހިފައި އޮންނަ އާދައެކެވެ. ސައިރަންގެ އަޑު އިވުމުން ނުވަތަ މޯބައިލް ފޯނުން އިންޒާރު އައުމަށްފަހު ރައްކާތެރިކަން ލިބިގަތުމށްޓަކައި ލިބޭނީ ހަމައެކަނި އެންމެ މިނިޓެއްގެ ވަގުތެވެ. ގިނަ މީހުން ނިދާއިރު މޯބައިލް ފޯނު ކައިރީގައި ބޭއްވުމަކީ އާދައެކެވެ. އަހަރެމެން ދިރިއުޅެމުން މިގެންދާ ނުރައްކާތެރި ވެށި އަހަރެމެންނަށް ތަސައްވުރު ކުރެވެއެވެ. އަދި ސިވިލް ޑިފެންސްގެ އިދާރާއިންވެސް އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ގެންދާނެއެވެ. އަހަރެމެންނަށް މި ތިބެވެނީ ލެބަނަނަށް ހުޅުވާލެވިގެންނެވެ. ހައިފާ ގައި ދިރިއުޅޭ އުމުރުން 58 އަހަރުގެ ރައްވެސްސަކު އެސޯޝިއޭޓެޑް ޕްރެސްއަށް ކިޔާދިނެވެ.
ހައިފާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި މަސްރަހުގެ ސަބަބުން ޓްއަރިސްޓުންތައްވެސް މިތާނގެ ބީޗް ސަރަހައްދު ދޫކޮށް ހިނގައްޖެއެވެ. މިހާރު ޓްއަރިސްޓުންވެސް ތިބީ ވަރަށް މަދުންނެވެ. ވިޔަފާރި ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. 1930 ވަނަ އަހަރު ހިންގަން ފެށި ހުމުސް އަބޫ ޝާކިރު ރެސްޓްރާނަކީ ހައިފާ ބަނދަރު ސަރަހައްދު ތަޢާރުފްކޮށްދޭ ނަންބޯޑެކޭ ނުވަތަ މަގުދައްކާދޭ އެއްލާ ބައްތި ( ލައިޓް ބީކަން ) އެކޭ ބުނެވިދާނެއެވެ. އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ޔަހޫދީންނާއި މުސްލިމުން އަދި ނަސާރާއިންވެސް އެންމެ ގިނައިން ޒިޔާރަތް ކުރާ ތަނެވެ. އެ ތަނުގައި ދީނީ އަގީދާގެ ތަފާތަށް ބެލުމެއް ނޯންނަކަމަށް ބުނެވެއެވެ. ހައިފާއަކީ މި އަގީދާތަކުގެ މީހުންވެސް އެކުވެރިކަމާއެކު ދިރިއުޅެމުންދާ ތަނެއް ކމުގައި ވަނީ ބެލެވިފައެވެ.
ހުމުސް ރެސްޓްރާނަށް މިހާރު ދިމާވެފައިވަނީ ޒިޔާރަތްކުރާނެ މީހުން ނެތުމަށްވުރެންވެސް މާ ބޮޑު މައްސަލައެކެވެ. އަރަބި ނަސްލުގެ މީހުންގެ ނަފްރަތާއި ބޯއިކޮޓްކުރުން މެދުވެރިވެފައިވާތީއެވެ. މިކަން ފެށިފައިވަނީ އެ ރެސްޓްރާނުން އިސްރާއީލުގެ ސިފައިންނަށް ކެއުން ތައްޔާރުކޮށް ފޮނުވަމުން ގެންދާން ފެށުމުންނެވެ.
ހުމުސް ރެސްޓްރާންގެ ފަރާތުން އެސޯޝިއޭ ޕްރެސްއާ ވާހަކަދެއްކި ނާދިއާ އަބޫ ޝާކިރު ބުނެފައިވަނީ ރެސްޓްރާނަށް ޒިޔާރަތް ކުރާ މީހުންގެ އަދަދުވެސް ވަރަށް މަދު ވެއްޖެ ކަމަށެވެ. އާންމު ރައްޔިތުން ގެއިން ބޭރަށް ނިކުތުމަށްވެސް ތިބެނީ ބިރުންނެވެ.
އަބޫ ޝާކިރު ކިޔާދީފައިވާ ގޮތުގައި 1991 ވަނައަހަރު އިރާގުން ފޮނުވި މިސްއިލް އަމާޒުވީ އޭނާގެ ގެއަށެވެ. އަދި އޭގެފަހުން 2006 ގައި ހިޒްބު ކެނޑިއްޖެއެވެ.ﷲ ގެ ހަމަލާތައް ހައިފާއަށް އަމާޒުވެގެން ދިޔައިރުވެސް އަހަރެމެން ދިރިއުޅެމުން ގެންދިޔައީ މި ތަނުގައެވެ. މިހާރު ބިރު
ހައިފާގެ ހޮޓެލްތައް މިދުވަސްވަރު ފުރިފައި އެވަނީ ހިޒްބު ﷲ އާއި ހަމާސްގެ ހަމަލާތަކުގެ ސަބަބުން ވިއްސި ވިހާލިވެފައިވާ އިސްރާއީލުގެ .ރައްޔިތުންނެވެ. އެމީހުން ދާނެ އެހެން ތަނެއް ނެތެވެ
ހައިފާ މުނިސިޕަލިޓީގެ އިމަރޖެންސީ ތައްޔާރީތަކާބެހޭ އިދާރާއިން ވާހަކަދެއްކި ލިއޯނިޑް ރެޒްނިކް ބުނެފައިވަނީ ދިހަހާސްމީހުންގެ ޖާގައަށް ބޮމް ޝެލްޓަރ ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އަދި އެތަންތަނުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައްވެސް ހުންނާނީ ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި ކާރ ޕާރކިންގ އާއި ވައިފައި ގެ ޚިދުމަތްވެސް ހިމެނިފައިވާނެއެވެ.
އީރާނުންނާއި ހިޒްބު ﷲ އިން ހަމަލާދޭނެކަން އަހަރެމެންނަށް އެނގެއެވެ. އެހެންނަމަވެސް އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ނުދޭނެކަމަށް އަހަރެމެން އުންމީދު ކުރަމެވެ. އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުނެފައިވެއެވެ.
2 Responses
ވިމާ ފަލަސްތީނުގެ ރައްޔިތުންގެ ހާލު ހުންނާނެގޮއި ސިފަކޮއްބަލަ ކަލޭމެނަށްތިމުސީބާތް ޖެއްސީ ކަލޭމެންގެ ވެރިމީހަ
ފަލަސްތީނުގެ ރައްޔިތުން ނަށް ލިބޭ މިލިޔަން އަނިޔާގެ ޒައްރާ އެއްވެސް ނުލިބޭ ތި މީހުންނަށް