ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބަހައްޓައިފައިވާ، ބައެއް މުދާތައް ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން މިހެން ބުނީ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައެވެ.
“ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.“ އިއުލާނުގައިވެއެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ވަނީ ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާ މުދާތަކުގެ ލިސްޓް އިއުލާނާއެކު އެއްކަރުދާސްކޮށްފައެވެ.
މުދާ ބެލުން : އޯގަސްޓް 20 ވާ އަންގާރަ ވަނަ ދުވަހުގެ 16:30 ގައި
މުދާ ބެލުމަށް ނަން ނޯޓް ކުރުން: އޮގަސްޓް 20 ވާ އަންގާރަ ވަނަ ދުވަހުގެ 15:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/
އެމްޕީއެލްއިން ބުނީ މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި (ސޭފްޓީ ޝޫޒް ނުވަތަ އާދައިގެ ބޫޓު) އެކުގައި ކަމަށެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ކަމަށާއި ނީލަން ކިޔުން އޮންނާާނީ އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 14:00 އިން އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 މިނެޓުގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ވަގުތުގެ ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 މިނެޓުގެ އިތުރަށް 5 މިނެޓު އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ 5 މިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.
މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ އެ ކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދުގެ ދަށުންނެވެ. ކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން ގަވާއިދު ފެންނާނެއެވެ.
އެމްޕީއެލްއިން ބުނީ ސްކްރެޕްގެ ގޮތުގައި ނީލަމުން ނަގާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް ކަމަށާއި އަދި މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް ކަމަށެވެ.
މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލްގައެވެ.
One Response
Good