ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ: 2،000 އަށްވުރެ ގިނަ މީހުން ޑީޕޯޓްކޮށްލައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލައިފިއެވެ.

އިމިގުރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން މާލޭ ސަރަހައްދުގައި ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލައިފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންތަކުގައި ކޮފީ/ ޓޭކްއަވޭ ފިހާރަތަކާއި ބޯކޮށާ ތަންތަނަށް އަމާޒު ކޮށްގެން ބަލައި ފާސްކޮށް ބައެއް ތަންތަން ބަންދުކޮށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަޙީދާއި މާލޭ ސިޓީގެ މޭޔަރު ޑރ.އާދަމް އާޒިމް އިއްޔެ ވަނީ ބައްދަލު ކުރައްވައިފައެވެ.

އިމިގްރޭޝަނުން ބުނީ މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބިދޭސީންގެ މިހާރުގެ މައްސަލައަށް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ދެފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ގޮތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް ޝަމްއާން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް މޭޔަރު އާޒިމް އެންމެ ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް