ޏަމްޏަމްގެ ސިއްހީ ފައިދާތައް!

Loading

Facebook
Twitter
WhatsApp

ޏަމްޏަމް އަކީ ހުތްފޮނި މޭވާއެކެވެ. ދޮންނުވާއިރު ވަޅުފެހި ކުލައިގައި ހުންނަ ޏަމްޏަމް ދޮންވުމުން މުށި ރީނދޫ ކުލައަކަށް ބަދަލުވެއެވެ. މިއީ ވެސް ހުތް މޭވާއެއްގެ ގޮތުގައި ކައިއުޅޭ މޭވާ އެކެވެ. މަދުން ނަމަވެސް ޏަމްޏަމް އިން ޖޫސް ތައްޔާރުކޮށްގެން ބޭނުން ކުރެއެވެ.

ޏަމްޏަމް ހުންނަނީ ގުރުދާގެ ބައްޓަމަށެވެ. އެތެރޭގައި ބޮޑު އޮށެއް އޮންނަ ޏަމްޏަމްގެ ބޭރުގައި ކުރަކިކަމެއް އެކުލެވިގެންވުމާއެކު، ފިތްފިތް ޖަހާފައި ހުރެއެވެ. ސަލަޑް، އަސާރަ ފަދަ ކާތަކެތި ތައްޔާރު ކުރުމަށް ވެސް ޏަމްޏަމް ބޭނުންކޮށް އުޅެއެވެ.

ޏަމްޏަމްއިން ލިބޭ ޞިއްޙީ ފައިދާތައް:

ޏަމްޏަމްގައި ވިޓަމިން ސީ، ވިޓަމިން އޭ، އަދި އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ.

ޏަމްޏަމް އަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ.

ޏަމްގައި ވިޓަމިން ސީ ހުރުމުން ލިބިދޭ ފައިދާތަކުގެ ތެރޭގައި:-

o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.

o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.

o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.

o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.

o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.

o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް