މެދުއިރުމަތީގެ ބައެއް ގައުމުތަކުން ޝެންގަން ސްޓައިލް ވިސާ ތަޢާރުފް ކުރަނީ

Loading

Facebook
Twitter
WhatsApp

ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އެއްވިސާއެއްގައި ދަތުރުކުރެވޭނެ އިންތިޒާމް މިއަންނަ ޑިސެމްބަރު މަހުގެތެރޭގައި ތަޢާރުފް ކުރެވިގެން ދާނެކަމަށް ޓްރެވަލް އެންޑް ޓުއަރ ވޯލްޑުން މިއަދު ހާމަކޮށްފިއެވެ. އަލަށް ތަޢާރުފް ކުރެވޭ ވިސާގެ ދަށުން ކުވޭތާއި ބަހްރައިން އަދި ގަތަރާއި އެމިރޭޓްސް އާއި އުމާނަށާއި ސަޢޫދީ އެރޭބިޔާއަށް ދަތުރު ކުރެވޭނެއެވެ.                          

ގަލްފުގެ 6 ގައުމަކަށް އެއް ވިސާއެއްގައި ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެން މިދަނީ ގަލްފް ކޯޕަރޭޓިވް ކައުންސިލްގެ 40 ވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި އެގޮތަށް ނިންމަވާފައިވާތީ ކަމަށް ބުނެފައި ވެއެވެ. ގަލްފުގެ ގައުމުތަކުން އުންމީދު ކުރަނީ އަލަށް މި ތަޢާރުފް ކުރެވޭ ޝެންގަން ސްޓައިލް ވިސާގެ ސަބަބުން އެ ގައުމުތަކުގެ ފަތުރުވެރިކަމަށް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލުތަކެއްއް އަންނާނެ ކަމަށެވެ.                                       

1970 ގެ އަހަރު ތަކުން ފެށިގެން ގަލްފުގެ ގިނަ ގައުމުތަކަށް ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް ސަޢޫދީ އެރޭބިޔާއަށް ޒިޔާރަތްކުރުން ޙައްޖުވެރިންނަށްވެސް އޮތީ ބުރައަކަށް ވެފައެވެ. ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނުގެ ވެރިކަން ފެށުމާއި އެކު ޙައްޖުވެރިންނާއި އަދި ސަޢޫދީ އެރޭބިޔާއަށް ޒިޔާރަތް ކުރަން  ބޭނުންވާ ފަތުރުވެރިނަށްވެސް ވިސާހޯދުމުގައި ލުއިތަކެއް ތަޢާރުފް ކުރެވެން ފަށައިފިއެވެ.

ޔޫރަޕްގައި 1995 ވަނައަހަރު ތަޢާރުފު ކުރެވުނު ޝެންގަން ވިސާގެ ސަބަބުން ޔޫރަޕުގެ 25 ގައުމަކަށް އެއްވިސާއެއްގައި ދަތުރު ކުރުމުގެ ލުއިފަސޭހަކަން ލިބިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުތަކުގެ ފަތުރުވެރިކަމަށް ވަރަށް ހެޔޮ ބަދަލެއް ގެނެވުނެވެ.                                                     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް