އެޗްއާރްސީއެެމްގެ މެންބަރު ކަމަށް އައްޔަން ކުރަން ހަބީބްގެ ނަން މަޖިލީހަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެޗްއާރްސީއެމްގައި ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މަޖިލީހަށް ފޮނުއްވީ ހަބީބްގެ ނަން އެކަންޏެވެ.

މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާފައި އެވެ.  މި ކޮމިޓީންއިން ކްލެއަރެންސް ލިބުމުން މަޖިލީހުން އިސްމާއިލް ހަބީބް ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަނު ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އަހާނެއެވެ.

އީސީގައި މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ މާޗް، 2013 ގައި އެވެ. އޭގެ ކުރިން ވެސް އެ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އޭގެ 21 އަހަރު ފަހުން އޭނާ އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗު މަހު އެވެ.

އިސްމާއިލް ހަބީބަކީ ހިއުމަން ރައިޓްސްގެ ދާއިރާއިން އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް