ޑރ.މުޢިއްޒުގެ ދިވެހީންގެ ރާއްޖެ: ބޯޓު އަޑިއަށް ދިއުން ނޫނީ ގަސްތުގައި އޮޅުވާލުންތަ؟

Loading

Facebook
Twitter
WhatsApp

އަޑުއިވޭ ވާހަކަތަކަށް ބަލާއިރު، މާލީ ގޮތުން މުހިންމު ފިޔަވަޅުތަކެއް ނޭޅިއްޖެ ކަމުގައިވާނަމަ، ރާއްޖެއަށް ލަންކާއަށް ކުރިމަތިވި ހާލަތު ޖެހުން މާދުރެއް ނޫނެވެ.

ރައީސް ޑރ.މުއިއްޒު ”ދިވެހީންގެ ރާއްޖެ“ ގެ ނަމުން ނަން ދީފައިވާ ޤައުމު ބަނގުރޫޓުވުމުގެ މަލަމަތި ފެންނަން ފަށައިފިކަށް އެބޭފުޅުން އެބަ ވިދާޅުވެއެވެ. ޤައުމުގެ ފޮރިން ރިޒާވް ދަށްވެ، ދަރަނި އަދާކުރުން ނިހާޔަތައް ދަތިއިރު، އަދިވެސް ރައީސްގެ ހައްލުތައް ހީވަނީ އަޑިއަށްދާ ބޯޓު ރަނގަޅު ކުރުމަށް ކުރާ އަސްލު މަސައްކަތްތަކަށްވުރެ ސިޔާސީ ގޮތުން ޗައްކަރެއް ޖަހަން އުޅޭތަނެވެ. ނޫނީ ރައްޔިތުން ދެބޯގެރި ދުއްވަނީއެވެ.

ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ކުޑަކުރުމަށް ރައީސް ނިންމެވުމާ ގުޅިގެން، ރައްޔިތުން ތިބީ ދެން ކުރާނީ ކޮންކަމެއްތޯ ބަލަބަލައެވެ. ނަމަވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން މަދެއް ނުވިއެވެ. ސަރުކާރުން ކުރާ ބޭރުގެ ދަތުރުތައް މަދެއް ނުވިއެވެ. ކުފޫ ހަމަނުވާ މީހުން އެމްބަސީތަކުގެ މަތީ މަގާމުތަކަށް ވެސް ހަމަޖައްސަނީއެވެ.

2023 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން ޕާޓީ ބަދަލުކުރި ނިހާދު ދާދި ފަހުން 45،000 ރުފިޔާގެ ބޮޑު މުސާރައަކާއެކު ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަންކޮށްފައެވެ. އަދި، ބައެއް ކުންފިތަކަށް މިއިން ދުވަހަކު ނުލާ ވަރަށް ޑީއެމްޑީއިން ހަމަޖައްސާފައިވާއިރު, ބައެއް ކުންފުނިތަކަށް ވަނީ 2 ނުވަތަ 3 ޑީއެމްޑީއިން ހަމަޖައްސައިފައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނަށް އެއްފަހަރާ 2 ޑީއެމްޑީއިން ވަނީ އައްޔަނުކޮށްފައެވެ.

މުޢިއްޒު ވަނީ މަޖިލިސް މެންބަރުންގެ އަދަދު 93 އިން 77 އަށް މަދުކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. މިހާރު މަޖިލީހުގެ ސްޕަރ މެޖޯރިޓީ އޮތީ ޕީއެންސީއަށް ލިބިފައެވެ. ބޭނުން އެއްޗެއް ހަދަންވީއެވެ. ކުރަން ކުރަން ތިބޭނެ ކަމެއް ނެތެވެ.

އިދިކޮޅު އެމްޑީޕީން ބުނަމުންދަނީ، ސިޔާސީ ގޮތުން އައްޔަން ކުރާ މީހުންގެ އަދަދު މިހާރު ވެސް 2،000 އަށްވުރެ ގިނަ ކަމަށާއި، އެއީ އިންތިޚާބުގެ ކުރިން މުޢިއްޒު ވައުދުވެވަޑައިގެންނެވި ވަރަށް ވުރެ މާ ބޮޑު އަދަދެއް ކަމަށެވެ.

މުޢިއްޒު ވިދާޅުވަނީ ގައުމުގައި ފައިސާ ނެތް ވާހަކައެވެ. ނަމަވެސް ގެންދަވަނީ ގިނަ ޚަރަދުތަކެއް ކުރައްވަމުންނެވެ. މުޢިއްޒު ބޭނުންފުޅުވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމަށެވެ. ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންގެ އަދަދު މަދުކުރުމަކީ މާ ބުއްދިވެރި ކަމެކެވެ. އެމީހުންނަށް ލިބޭ މުސާރަ ވަރަށް ބޮޑުއިރު, އެއް ސްޓޭޓް މިނިސްޓަރެއްގެ މުސާރައިން އެއް ކައުންސިލަށް މުސާރަ ދެވޭނެއެވެ. ވީމާ ސިޔާސީ މަޤާމުތައް މަދުކުރުން މާ އަޢުލާކަން ބޮޑެވެ.

ފައިސާނެތިއްޔާ ސަރުކާރުން ރަސްމާލެ ތަރަށްޤީކުރުމުގެ މަސައްކަތް ނުފަށާނެކަން ހަމަ ކަށަވަރެވެ. އަދި އެބުނާ ހާލަތާ ދިމާވާނަމަ، ސިޔާސީ މަގާމުތައް މަދުކޮށް އިތުރު ބޭފުޅުންނަށް، ޤައުމު މިހާލަތުގައި އޮތް އިރު މަތީ މަގާމުތަކަށް ނުލާނެއެވެ. ފައިސާނެތީއެއް ނޫނެވެ. އިޙުލާސްތެރިކަންނެތީއެވެ.

Loading

4 Responses

  1. ހަމަ އިޚުލާސް ތެރިކަން ނެތީއެވެ. އަދި ރައީސްކަމެއް ކޮށްލެވުމުގެ ތަނުރިބާވެސް ނެތީއެވެ. ދެފަހަރަކު އަލިވާގެއަށް ގޮސް އިލްޔާސް އިބްރާހިމާއި ބައްދަލުކޮށް އަދުރޭގެ ހުށަހެޅުމާއި އެކު ރައީސް ޔާމީނަށް ލަނޑުދީފާ ވެރިކަމާއި ޙަވާލުވަން މުއިއްޒުވަނީ ގަބޫލުފުޅު ނުކުރައްވާފައޭ މިހާރު އެކަމުގައި ހޭކުނު މީހުން އެބަ ކިޔައެވެ. އެވާހަކަ އެގޮތައް އެމީހުން މިހާރު ދައްކަނީ ވަޒީފާގެ ފުރުސަތު އެމީހުންނަށްވެސް ނުލިބި ތިބުމުގެ ޝަކުވާއާއި އެކުގައެވެ. އަދި ދިމިޔާތުގައި 40 ރޭ ވަންދެން ވެރިކަން ހޯދުމަށް ކިޔެވެލި ކިޔެވި ވާހަކަވެސް އެކިޔެވެލީގައި ބައިވެރިވި މީހުމްވެސް އެބަ ދައެކައެވެ. ބައެއްމީހުން ނުނަނީ މިހާރު ސިހުރު ހާހޫރައިގެ ކަންތަކުގައި އެ އަޑުއަރާފައިވާ މީހުންވެސް އެ ކިޔެވެލީގައި ބައިވެރިވި ކަމަށެވެ. ދެން އޮޅުން ބޮލުންގަނޑެއްގެ ތެރެއިން އޮޑި މިވަނީ ގަދަ ކަނޑަށް ނިކުމެފައެވެ. ރާޖޫ އަތްދަށްކުން އިންޑިޔާ އަތްދަށްކުންވެއް މުއިއްޒުގެ ތިިކިޔާ ދިވެހީންގެ ރާއްޖެ ސަލާމަތެއް ނުވިއެވެ. ހަނީމޫން ނިމިއްޖެކަން ގައިމެވެ.

  2. ބަޔަކަށް ހީވާ ކަހަލަ އޮޑިފެތެނިއްޔޭ ފައްސިޔަށް ދުވަން ފެށީ މާ ހަޖަމުނުވަނީ

  3. ދިވެހި 2 ރައްޔިތަކު އެއްތަންވެއްޖެއްޔާ މިހާރު ދައްކަނީ ދިވެހިރާއްޖެ ދަރާ ވިކެމުންދާ ވާހަކައެވެ. އަޅުގަނޑުމެންނަށް ދޭތެރެ ދޭތެރެއިން އަޑުއިވެމުންދަ ދީނީ ދަރުސްތަކުގައި މަރުވުމުގެ ކުރިން ދަރަނި އަދާ ނުކުރުމުގެ ނުރައްކާތެރިކަން ވިސްނާދޭން މަސައްކަތްކުރައްވާފައި ހުރެއެވެ. މި އުންމަތުގެ މާތްނަބިއްޔާގެ ޒަމާނުގައި ދަރަނި ވެރިއެއްގެ ޖަނާޒާގައި އެކަމލޭފގެފާނު ވައިވެރިވެ ގަޑައިތަގުމަށް އުޒުރުވެރިވެ ވަޑައިގެންނެވި ވާހަކަވެސް ދަރުސަކުން އަޑުއެހީމެވެ. ތެދު ދޮގު އެނގިވަޑައިގަންނަވާނީ އެ ދަރުސް ދެއްވި ބޭފުޅާއަށެވެ.
    އަޅުގަނޑު ޖެހިލުންވަނީ އަޅުގަނޑުގެ އެއްވެސް ރުހުމެއް ނެތި އަޅުގަނޑުވެސް މަސްއޫލުވާންޖެހޭގޮތަށް ސަރުކާރުން ދަރަނި ނަގާފައި އެ ދަރަނި އަދާނުކުރަނީސް އަޅުގަނޑު މަރުވެއްޖެއްޔާ ދެން އަންނާނެ ސުވާލުތަކަށް ޖަވާބު ނުދެވޭނެތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް