ޚަތިމެއްގައި ދަތްއަޅައި ވީދައިލި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މިސްކިތެއްގައި ބާއްވާފައި އޮތް ކީރިތި ޤުރްއާންގެ ޚަތިމެއްގައި ދަތްއަޅައި ވީދައިލި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާން (36އ ) އެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި މަންނާން ބަންދުގައި ބެހެެއްޓުމަށް އަމުރު ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވުމެވެ.

ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން މަންނާނު މިސްކިތުގައި އޮތް ޚަތިމެއްގައި ދަތްއަޅައި ވީދައިލައިފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މަންނާނަކީ ބިދޭސީއަކަށް ވުމުން ފިލައިގެން ހިނގައިދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް