ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެމްއެލްސީއޭގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދައި އިފުތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ) ގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދައި އިފުތިތާހުކޮށްފިއެވެ.

ބ.ކަމަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޖަމްއިއްޔާ އިފުތިތާހުކޮށްދެއްވީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.

ެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ފުރިހަމައަަށް އެއްބާރުލުން ދެއްވައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މިއަދު މި ޖަމްއިއްޔާ އުފެދިގެންދާއިރު ސަރުކާރުގެ ފަރާތުން ކައުންސިލްތަކުގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމެއްގެ ގޮތުގައި ހެދުމަށް ކައުންސިލްތަކުން މަސައްކަތް ކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންނަށް ފައިދާވާ މަސައްކަތްތަކެއް ކުރާ ޖަމިއްޔާއަކަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަންވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ޖަމްއިއްޔާއަކީ ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލްތަކުގެ ތެރެއިން އެ އެސޯޝިއޭޝަންގެ މެންބަރޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމްއިއްޔާއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް