ފަލަސްތީނުގެ މުޖާހިދު ހަމާސް ޖަމާޢަތް ނެތިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިސްރާއީލުންގެ މިލިޓްރީގެ އެންމެ އިސް ތަރުޖަމާނު ރިއަރ އެޑްމިރަލް ޑެނިއަލް ހަގާރީ މިއަދު އެއްބަސް ވެއްޖެއެވެ.
އެސޯޝިއޭޓެޑް ޕްރެސްއިން ރިޕޯރޓް ކޮށްފައިވާ ގޮތުން ޑެނިއަލް ހަގާރީގެ މި އެއްބަސްވުން ވެގެންދިޔައީ އިސްރާއީލް ސަރުކާރު ކަކުލުހުޅުން ދޫވެގެން ބިންމައްޗަށް ވެއްޓުނު ޚަބަރަކަށެވެ. މިހާތަނަށްވެސް އަދި މިހާރުވެސް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނަމުން އަންނަނީ އެމީހުންގެ މަގްސަދަކީ ޙަމާސް ވުޖޫދުން ފޮހެލުމެވެ. ދުނިޔޭގެ ކޮންމެ ދިމާލެއްގައި ޙަމާސްގެ ވެރިޔަކު ހުންނެވިނަމަވެސް މަރާލައި އެ ނަސްލު ނައްތާލަނެ ކަމަށެވެ.
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ކުއްލިގޮތަކަށް ޙަމާސްއިން އިސްރާއީލު ސިއްސުވާލީ ކުއްލި ޙަމަލާއަށްފަހު 8 މަސްދުވަސް ފާއިތުވެގެން ދިޔައިރު އަދި އެމެރިކާއާއި ހުޅަނގުގެ ހިފޭއްޓުމެއް ނެތް މަދަދާއި ފޯރުކޮށް ދެމުން ގެންދިޔަ ގިނަ ބަރު ހަތިޔާރު ބޭނުންކޮށްގެން ފަލަސްތީނުގެ މައުސޫމް ސާޅީހަކަށް ހާސް ރައްޔިތުން ( އާންމު ގޮތެއްގައި އަންހެނުންނާއި ކުޑަކުދިން ) ހައްދު ފަހަނަޅާފައިވާ އަނިޔާވެރި ކަމާއިއެކު ޝަހީދު ކޮށްލައި ގައްޒާ ވީރާނާކޮށްލުން ފިޔަވައި އިސްރާއީލަށް ހަނގުރާމައިގެ ގޮތުން ލިބުނު ކާމިޔާބީއެއް ނެތެވެ. އެ ބުނަމުންގެންދާ ޙަމާސް ނައްތާލުމުގެ އެޖެންޑާ އެއްވެސް ވަރަކަށް ކާމިޔާބު ކުރެވިފައެއް ނެތެވެ.
އޭގެ ބަދަލުގައި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ފަލަސްތީނަށް ތާއީދު ބޮޑުވެ އިތުރު ގިނަ ޔޫރަޕްގެ ގައުމުތަކުންވެސް ފަލަސްތީނުގެ ސްޓޭޑްހޫޑް ގަބޫލު ކުރީއެވެ.
ޙަމާސްގެ ލަޝްކަރު ގައްޒާއިން ބޭރުވެސް ނުކުރެވުނެވެ. އެމެރިކާއިން ދޭ ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން ގައްޒާގެ އާބާދީ ޝަހީދުކޮށް ގައްޒާ ސުންނާފަތި ކޮށްލުމަކީ ކާމިޔާބެއްކަމަށް ދުނިޔެ ގަބޫލެއް ނުކުރިއެވެ.
ރިއަރ އެޑްމިރަލް ޑެނިއަލް ހަގާރީ އިސްރާއީލުގެ ޗެނަލް 13 ގައި ވާހަކަ ދައްކަމުން އޭނާގެ މިލިޓްރީ ބަހުން ބުނެފައިވެއެވެ “ ހަމާސް ވުޖޫދުން ފޮހެލާނަމޭ އަހަރެމެން ބުނުމަކީ މީހުންގެ ލޮލަށް ވެލިޖެހުން ކަހަލަ ކަމެކެވެ. ހަމާސްއަކީ ފިކުރެކެވެ. އެ ފިކުރު ނެތިކޮށް ނުލެވޭނެއެވެ. އެއީ ދެމިގެން އަންނާނެ ފިކުރެކެވެ“.
ރިއަރ އެޑްމިރަލް ހަގާރީގެ ވާހަކަ ނުނިމި އުޅެނިކޮށް އޭނާއަށް މަލާމާތުގެ ބަސްތައް ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ރައްދުކުރަން ފަށައިފިއެވެ. އެ ނިރުބަވެރި އޮފީހުން ނެރުނު ބަޔާނުގައި ހަނދާންކޮށް ދިފައިވަނީ އިސްރާއީލުގެ އަމާޒަކީ ޙަމާސް ދުނިޔެއިން ނެތިކޮށްލުން ކަމަށާއި އެކަން ކުރުމުގެ ފުރިހަމަ ގާބިލުކަން އިސްރާއީލަށް ލިބިފައިވާ ކަމަށެވެ. އައި ޑީ އެފް ގެ މިސްރާބު އޮތީ އެ މަގްސަދު ޙާސިލުކުރުމަށެވެ. އެ މިސްރާބު ބަދަލެއް ނުވާނެއެވެ. ނުވެސް ކުރެވޭނެ ކަމަށެވެ.
ޓެލެގްރާމަށް ފޮނުވި އެހެން ބަޔާނެއްގައި އިސްރާއީލުގެ މިލިޓްރީން ވަނީ ހަގާރީގެ ވާހަކަ ތަރުޖަމާކޮށް ދީފައެވެ. ”ހަގާރި ބުނެފައިވަނީ ޙަމާސް އަކީ ފިކުރެއް ކަމަށާއި އެފިކުރު ނައްތާ ނުލެވޭނެ ވާހަކަ އެވެ. އެހެން މާނައެއްގައި އެވާހަކަ ތަރުޖަމާ ކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އެއީ ރިއަލް އެޑްމިރަލް ޑެނިއަލް ހަގާރީއާއި ގުޅުމެއް ހުރި ތަރުޖަމާއެއް ނޫނެވެ“.
ނަތަންޔާހޫ އާއި އިސްރާއީލުގެ މިލިޓަރީ ބޮޑުންގެ ކޯޅުންގަނޑު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ.
2 Responses
އަމިއްލަ ބަހުން ދައްކާ ވާހަކަ އަލުން ތަރުޖަމާކޮށްދޭން ޖެހުމަކީ ހެއްވާކަމެކެވެ. އަހަރެމެންނަށް އަޑުއިވެނީ ހަމާސްއޭ ކިޔާ ޖަމާއަތަކާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަކުރަމުން ގެންދާ ވާހަކައެވެ.
ހެޔޮތާ ފަލަސްތީނު ސުންނާ ފަތިކޮށްފިތާއެވެ. އެމެރިކާ މީހުން ފެނުނީމަ އަހަރެމެން ދޮންދީ ސަރ ސާރ ކިޔަން ތިބޭނީއެވެ. 2 ބިލިއަން މުސްލިމުން ތިބެ ޙައްޖައް 3 މިލިއަން މީހުން އަހަރަކު ދާއިރު ނަފްސީ ނަފްސީ ނުން ކަމެއް މި އިންމަތުގެ 90% މީހުންގެ ފަރާތުން އެބަ ފެނޭހެއްޔެވެ. ދީނޭ މަޒްހަބޭ ކިޔައިގެން އަނގަ އަރުވާނެއެވެ. ވެރީ ސޮރީ!