މަސްވެރިންނަށް މިއަދުގެ ނިޔަލަށް 46 މިލިއަން ރުފިޔާ ދޫކުރާނެ: މިފްކޯ

Loading

Facebook
Twitter
WhatsApp

މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި އޮތް 80 ވަރަކަށް މިލިޔަން ރުފިޔާގެ ތެރެއިން 46 މިލިޔަން ރުފިޔާ މިއަދުގެ ނިޔަލަށް މަސްވެރިނަށް ދޫކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ސައީދު މިިއަދު ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އިއްޔެއިން ފެށިގެން ޖަމާކުރަން ފަށާފައިވާ ކަމަށާއި މިއަދުގެ ނިޔަލަށް 46 މިލިއަން ޖަމާކުރާނެ ކަމަށެވެ.

މި ސަރުކާރު އައިއިރު، މަސްވެރިންނަށް ނުދީ، 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް ވަނީ މަސްވެރިންނަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

މަސްވެރިންނަށް ފައިސާ ދޫނުކުރާތާ ދެ މަހެއްހާ ދުވަސްވެފައިވާއިރު، އިއްޔެ މަސްވެރިން ވަނީ އެކަމާ މުޒާހަރާވެސް ކޮށްފައެވެ.

Loading

One Response

  1. މަޓީގެ (އެއިޕެކް) ގުރޫޕްވަނީ ދައުލަތުން ވަރަށް ކައިފައެެވެ. ވީމާ ސަރުކާރަށް އެމީހުން އަތުން ތިފައިސާ ހޯދައި ދޭށެވެ. ނިމިދިޔަ ސަރުކާރުތަކުން އެ ގުރޫޕް ދައުލަތައް ދައްކަންޖެހޭ ބިލިނެއްހާ ޑޮލަރުގެ ޖޫރިމަނާއާއި އެކު އެވަނީ މަޢަފުވެސް ކޮށްދީފަ ނޫންހެއްޔެވެ؟ ވީއިރު މަސްވެރިންނަށް 200 އެެއްހާ މިލިއަން ރުފިޔާގަނޑު ދޭން ކޮންކަމެއްތޯއެވެ. ދެން މިސަރުކާރުވެސް މަތިބަރުކޮށްގެން ސަނާކިޔާ އެންމެނަށް ބޮޑެތި ވަޒީފާތަށް ދީގެން ހަމަސްވީ ނޫންތޯއެވެ. ރައްޔަތުމީހާއަށް އެއްޗެއްދޭންވީމާ ހާދަ ކަންބޮޑެވެ. މިމީހުން މުއްޖަހާފައި ދައުލަތުގެ ޚަޒާނާއިން ނަގަންވީމާ ހަމަ ހެވިފަ. ސަކަރާތް ދޮއްތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް