ދިޔަނެރު ފަރަށް އެރި ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަރަށް އެރި، ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ދިޔަނެރު ފަރަށް އެރީ، ޓަގު އޭއެމް އެޑްވޭ (އައި އެމް އޯ: 9563081) އާއި އެ ޓަގާއެކު އައި ރާއްޖެ އައި ބާޖު އެރޮން ކަމަށެވެ. އެއީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ކުންފުންޏަކަށް ނިސްވަތްވާ ޓަގަކާއި ބާޖެކެވެ.

އެ އުޅަނދުތައް ފުންކޮށްފައިވަނީ، އޭގެ އެއް ދުވަސް ފަހުން 24 ސެޕްޓެމްބަރު 2023 ގައެވެ.

އީޕީއޭއިން ބުނީ، ފަރަށް ލިބުނު ގެއްލުންތައް ބެލިއިރު ޓަގު އެރި ސަރަހައްދަށް 804 އަކަމީޓަރުގެ ސަރަޖައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ކަމަށެވެ. ނަމަވެސް، ބާޖު އެރި ސަރަހައްދަށް ގެއްލުމެއް ލިބިފައިނުވާކަމަށް އީޕީއޭއިން ބުންޏެވެ.

”އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވަނީ 20,246,600( (ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ) ދިވެހި ރުފިޔާއިން 3 ޖޫން 2024 ގައި ޖޫރިމަނާކުރެވިފަ އެވެ“ އީޕީއޭގެ ބަޔާނުގައިވެއެވެ.

އީޕީއޭއިން ބުނީ، ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް