ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނަކުން މަނާކުރާ ލާއިންސާނީ އަނިޔާތައް އިޒްރޭލާއި އެމެރިކާ، ފަރަންޖީ ވިލާތާއި އަދިއިޓަލީ އާއި ފްރާންސް އާއި ޖަރުމަނާއި. މިނޫނަސް މުސްލިމުންނާއި ދެކޮޅު ޤައުމުތަކުން. ފަލަސްޠީނުގެ ރައްޔިތުންނުގައި ގަތުލު އާންމު އެހިންގަނީ ފަލަސްތީނުގެ ކޮން ކުށަކާ ލައިގެން ހެއްޔެވެ. އެއީ މިހާރުގެ އެންމެ ބޮޑު ސުވާލެވެ! ޖަވާބަކީ،
ކުށަކީ ހަމައެކަނި އަޅުވެތި މުސްލިމުންނަށް ނުވާތީއެވެ. ކޮންމެ ގޮތެއް، އެމީހުންގެ ބިމާއި ގެދޮރުގައި ޢަދުއްވުން ހަދަމުން ގެންދާއިރު ބަލިކަށި ދުނިޔޭގެ އަރާމާއި ލައްޒަތަށް ހެއްލި އަޅުވެތި ބައެއްގެ ގޮތުގައި ދެން އިތުރަށް ތިބެން ބޭނުން ނުވާތީއެވެ.
އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރުމެވެ.
މަސްޖިދުލް އަޤުޞާ މިނިވަންކުރަން މަސައްކަތްކުރުމެވެ. މިއީ شرعي ގޮތުން ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ވެސް މަނާ ކުރާކަމެއް ނޫނެވެ. އެހެނީ ފަލަސްތީނަކީ އެމީހުންގެ ވަތަނެވެ. އެމީހުންގެ ބިމެވެ.
އެންމެ ކުޑަމިނުން ޔަހޫދީން ގަދަކަމުން ހިފައިގެން އުޅޭކަމަށް އދ . އިން ކަނޑައަޅާފައިވާ ބިންތައްވެސް ދޫކޮށްލުމަށް އިޒްރޭލުން އެއްބަހެއް ނުވެއެވެ. އދ. ގެ 242 ގަރާރާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކަނޑައަޅާ ފާސްކޮށްފާވާ ގަރާރުތަކަށް އެއްވެސް ޢަމަލީ ސިފައެއް ނާދެއެވެ.
ނަމަވެސް ކުރާނީ ކީއްތޯއެވެ. އިސްލާމް ދީނުގެ ދަންނަބޭކަލުންނާއި މުފައްކިރުންނާއި ޢިލްމުވެރިން ސިޔާސީކަންކަމާއި ދުނިޔޭގައި އެބުރޭ އޮޔާއި ވަޔާއި މެދު ނުވިސްނުމުގެ ސަބަބުންނާއި ވެރިކަމުގެ ދަހިވެތި ކަމުގައި ދީނަށް ނަސްރުދިނުމަށް ވަނީ ޣާފިލްވެފައެވެ.
ހެޔޮލަފާ ދަންނަބޭކަލުން ދީނަށް ވާގިދިނުމަށްޓަކާވެރިކަމަށް އައުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން މިއަދުމަދު ޤައުމެއްގައި ނޫނީ މުޅިންވެސް ވެރިކަމުގައި ތިބީސެކިއުލަރު ވިސްނުމުގެ ވެރިންނެވެ. ޔަޢުނީ ކުށްފާރަށް ސަޕޯޓްދޭނެ ވެރީންނެވެ. އެއީ އެމީހުނަށް ވެރިކަން ގެރެންޓީ ކުރެވެން އައީ ފަރަންޖީންގެ ސަޕޯޓްއާއި އެކުގައި ކަމަށްވާތީއެވެ.
އެގޮތުން ފައިސާއާއި ދުނިޔެވީ އަރާމާއި ލައްޒަތުގެ އަވާގައި ޖެހި ގިނަ މުސްލިމް ގައުމުތަކުގައި މިހާރު ތިބީ އެމެރިކާ އާއިއިނގިރޭސި ވިލާތާއި ފްރާންސް އާއި ޖަރުމަނުގެ ރުހުމާއިނުލައި ވެރިކަމުގައި ނުތިބެވޭނެ ކަމަށް ދެކޭ ވެރިންނެވެ.
މިފަދަ އިސްލާމިކް ވެރިންނަށް ރައްޔިތުން މުހިއްމެއްނޫނެވެ. ރައްޔިތުންގެ ލޯބި ހޯދުމަށް ވުރެ ބާރުގަދައިސްތިޢްމާރީ ދައުލަތެއްގެ ޙިމާޔަތުގައި ނިވަލުގައިވެރިކަމުގައި ތިބުން ވެސް އެމީހުނަށް މާ މުހިންމެވެ.
އެފަދަ ވެރިން ގެ ހިތުގައި ރައްޔިތުމީހާގެ ވިންދެއް އިޙުސާސްތަކެއް ނުހިނގާކަން މިހާރު މިވަނީ ކަށަވަރު ވެރައެވެ. އެފަދަ ވެރީން ނާއި އެމީހުންގެ ބައިވެރީން އާޚިރަތްދުވަހެއް ހިސާބުބެއްލެވުމެއް އޮތްކަމަކަށް ނުދެކޭކަހަލައެވެ؟
ވެރިކަންކުރަނީ އަމިއްލައަށް ދުނިޔެއަށް އައި ބައެއްކަމަށްދެކިގެން އުޅޭކަހަލަ ބައެކޭވެސް ބުނުން ކުށަކަށް ނުވާނެއެވެ. އެހެނީ އެމީހުންގެ ޢަމަލުތަކާއި އެމީހުނަށް މާތްﷲ ދެއްވި ފަސް ޙިއްސު ބޭނުންކޮށްގެން ދީނަށް ނަސްރުހޯދުމުގެ ޚިޔާލެއް ނެތީތީއެވެ. އެމީހުންގެ ޢަމަލުން މިހާރު އެކަން ފައުޅުވީއެވެ. އިސްލާމީ ގައުމެއްގެ ވެރިކަމުގައި އެމީހުން ތިބިނަމަވެސް އެމީހުންނަކީ މިއުންމަތުގެ ކޮމާންޑަރ މުޙައްމަދު ރަސޫލް ވިދާޅުވެފައިވާ މިންގަޑުން އިސްލާކިމް ވެރީންކަމުގައި ނުބެލެވޭނެއެވެ.
ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެއްކަމުގައި ދަޢުވާކޮށް ދީނަށް ލޯތްބެއްނެތް ދީނާއި ރަސޫލާގެ މިއުންމަތާއި ދެކޮޅަށް ގަތުލު އާންމު ހިންގަމުންދާއިރު އެފަދަ އިސްލާމީ ވެރިން ދެލޮލަށް ނުފެން، ކަންފަތައް ނީވޭ މީހުންގެ ގޮތުގައި ނުތިބޭނެކަން ކަށަވަރެވެ.
އެ ޖައްބާރު ނުލަފާ ޔަހޫދީ ނަތަންޔާހޫވެސް އެވަނީ އެ ގައުމުގެ ވެރިކަމުގައެވެ.
އޭނާއަށްވެސް އެވެރިކަންލިބި އެ ޖަރީމާތައް ހިންގެނީ މާތްﷲ އޭނާޔަށް ވެރިކަން މިންވަރު ކުރެއްވީމައޭ ބުނެވިދާނެހެއްޔެވެ. އެހުންނަނީ ކުފުރުގެ ބަސްތަކެވެ. އޭނާޔަށް އެ ޖަރީމާތަށް ހިންގެނީ މުސްލިމް ގައުމުތަކުގައި މިބުނެވިދިޔަފަދަ ފާސިގު ވެރީންގިނަވީމައެވެ.
ފަލަސްޠީނުގެ މައްސަލާގައި ނިކަމެތި ހުރިހާ މުސްލިމުންގެ ލޮލުންނާއި އިންސާނިއްޔަތަށް ލޯބިކުރާ ދުނިޔޭގެ ގިނަ ރައްޔަތުންގެ ލޮލުން ކަރުނަ ހުސްވެއްޖެއެވެ. ހިތާމަޔަކީމިއުންމަތް ކަތިލާ އަދި ނުވިތާކަށް ރަފާހް ރައްޔަތުން ދިރިތިއްބާ ބޯބުރިކޮށްލާ އަލިފާނަށް އެއްލާލައި އަންދަމުން ގެދާއިރުވެސް މުސްލިމް ޢަރަބިކަރައިގެ ވެރިއެއްގެ ހިލަމެއްވެސް ނުވިކަމެވެ.
محمد صلى الله عليه وسلم ގެ އުއްމަތް ކޮބާހެއްޔެވެ؟ 😭UN އާއި EU އާއި OIC ކޮބާހެއްޔެވެ؟
މިއަދު ފަލަސްޠީނުގެ ރައްޔިތުން ދިރި ތިއްބައި އަޅިއަށްހަދައި ދިރި ތިއްބައި ވަޅުގަނޑަށް އެއްލައިލުމަށް ފަހު ބަޑިޖަހައި މަރަމުން އެގެންދަނީ ލައިވް ކެމެރާގެ ކުރިމަތީގައެވެ.
މުސްލިމު ގައުމުތަކުގެ ގިނަ ވެރީން، ފަލަސްޠީނުގެރައްޔިތުންނަކީ އިންސާނުންކަމަށް ނުދެކޭކަމަށްބުނަމުންދާ ކަހަލައެވެ. سبحان الله ދެކެބަލާށެވެ! މިއީ ވެސް ހުޅަގުން އެބުނެދޭ ޑިމޮކްރަސީ އާއި އިންސާނިއްޔަތުގެ މިންގަނޑު ތާއެވެ؟
މިހުރިހާ ޖަރީމާތަކުންވެސް ތަޖުރިބާ ކުރެވެނީ ކޮންމެ ޤައުމެއްގައި ވެސް އެޤައުމަކުން ވެރިކަން ކުރާ ގޮތަކީ މުނާފިގު ޑިމޮކްރަސީ ކަމެވެ. މުސްލިމުން ﷲ ގެ ފޮތާއި رسول اللهصلى الله عليه وسلم ގެ ސުންނަތް ދޫކޮށް އިސްލާމް ދީންނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރުމުން ﷲسبحانهوتعالى އިންސާނުން إمتخان ކުރައްވަނީކަމަށް ބަލަމާ ހިނގާށެވެ. و ﷲ أعلم ، الله عليم بذات الصدور “ ، [ ص: 155 ]