ނަސްލެއް ނައްތާލަން އިންސާނިއްޔަތާ ޚިލާފަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ފިޔަވަޅު އަޅަން ޖެހޭ: ދިވެހިރާއްޖެ

Loading

Facebook
Twitter
WhatsApp

ނަސްލެއް ނައްތާލަން އިންސާނިއްޔަތާ ޚިލާފަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ފިޔަވަޅު އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ފަލަޞްޠީނުގެ މައްސަލައިގައި އޯއައިސީއިން ބޭއްވި ޚާއްޞަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމެވެ.

ހަމަ އެހެންމެ އަމާންކަމާއެކު އުޅުމުގެ ޙައްޤު ފަލަޞްޠީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމަށާއި ބައިނަލްއަޤުވާމީ ޤާނޫނަށް ވުރެ މަތީގައި ވަކި ޤައުމަކަށް އޮވެވިގެން ނުވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލްގެ އަނިޔާވެރި ޢަމަލުތަށް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި ނަސްލެއް ނައްތާލަން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނިއްޔަތާ ޚިލާފަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ފިޔަވަޅު އަޅަން ޝަހީމް ގޮވާލެއްވިއެވެ.

މީގެ އިތުރުން ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ޝަހީމް ގޮވާލެއްވިއެވެ.

ފަލަޞްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރަން ޖެހޭ ވަގުތަކީ މިއީކަމާއި ދިވެހިރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަޞްޠީނާއެކުގައި ކަމަށާއި ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރެވެން އޮތް ހުރިހައި ކަމެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަޤީންކަން މިޖަލްސާގައި ޑރ ޝަހީމް ދެއްވިއެވެ.

Loading

One Response

  1. ކޭޕަބްލް މީހެއް ނަމަވެސް މާ ފޮނިބޮޑީ. ވެރިކަން ލިބިދާނެކަމަށް ހީކުރުމަކީ ގޯހެއްނޫން. ހަމަ ރައީސްއަކަށްވެސް އޯކޭ ފޮނިބޮޑުނުވެ ސައިޒްގައި ހުންނަވަން އެނގޭނަމަ. ރައްޔަތުންގެ ޚާދިމުން މާ ފޮނިބޮޑުވެގެން އުޅެގެންނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް