އިންޑިއާގެ އަސްކަރީ މަރުކަޒެއް މާދަމާ މަލިކުގައި ހުޅުވަނީ!

Loading

Facebook
Twitter
WhatsApp

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި އިންޑިއާގެ ލަކްޝަދީޕްގެ މަލިކު ގައި ހިންގަމުން އައި ކަނޑުގެ ސިފައިންގެ މަރުކަޒު ވަރުގަދަކޮށް، ވަކިން ހިންގާ މައި މަރުކަޒެއްގެ ގޮތުގައި މާދަމާ ބޭނުންކުރަން ފަށާނެއެވެ.

މިއީ ރާއްޖެ ވަށައި އިންޑިއާއިން ޤާއިމް ކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން 10 ވަނަ ބޭސް އެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ މަލިކަކީ ލަކްޝަދީޕްގެ އެންމެ ދެކުނު ކަމަށް ވާއިރު މިއީ ކަނޑުދަތުރުތަކުގެ މުހިންމު މަގަކާއި މުއާސަލާތާ ގުޅުން ހުރި މުހިންމު ތަނެއް ކަމަށާއި އަލަށް ތަރައްގީކުރި މަރުކަޒުގެ ސަބަބުން، ކަނޑުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިއީ ކަނޑުމަތީގެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށްދޭނެ ތަނެއް ކަމަށް ވެސް އެ ޤައުމުގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ރަސްމިއްޔާތަށް އިންޑިއާގެ 15 މަނަވަރު، މަލިކަށް ދާނެއެވެ. މި ފްލީޓްގައި ޑެސްޓްރޯޔާސް، ފްރިގޭޓްސް އަދި ސަބްމެރިން ވެސް ބައިވެރިވާނެ އެވެ.

މަލިކަކީ އިންޑިއާގެ ރަށްތަކުގެ ތެރެއިން ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ތަނެވެ. މަލިކާ ރާއްޖޭގެ އެންމެ އުތުރާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 130 ކިލޯމީޓަރެވެ.

އިންޑިއާގެ މަލިކު ގައި ހިންގަމުން އައި އެ ޤައުމުގެ ކަނޑުގެ ސިފައިންގެ މަރުކަޒު ވަރުގަދަކޮށް، ވަކިން ހިންގާ މައި މަރުކަޒެއްގެ ގޮތުގައި މާދަމާ ހުޅުވާއިރު އިންޑިއާއިން އަންނަނީ އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސްގައި ވެސް އަސްކަރީ މަރުކަޒުތައް ގާއިމްކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް