ކުޑަ ކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ހިންގުމުގެ ކުށުގައި އަންހެނަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ކުޑަ ކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ހިންގުމުގެ ކުށުގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް ހޯދަމުން އަންނަނީ ކ. މާލެ / މ. ތަރިވިލާގެ، ފާޠިމަތު އަޙްމަދު (37އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން 2024 މާރިޗު 4 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފާޠިމަތު އަޙްމަދު ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގައި ކަމަށް ފުލުހުން ހާމަ ކުރެއެވެ.

އެހެން ކަމުން ފުލުހުން ވަނީ ފާޠިމަތު އަޙްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

Loading

2 Responses

  1. އޭނަ ދިރިއުޅެމުންދަނީ އޭނަގެ ފުރިހަމަ ނަމާއެކު ޖަހާާފައި އޮތް އެޑުރެހުގަ،
    އެގޭގަ. ފުލުހުންނަށް ކޯޓް އަމުރު ހޯދައިގެން އެގެއަށްގޮސް އޭނަ ހޯދެން އޮންނާނެ. އެގޮތައް އެކަންވާން އޮއްވާ ކީއްވެބާއޭ ހިތައްއަރާ ތިގޮތައް ފުލުހުން އިއުލާން ކޮއްފަތިއޮތީ؟ ދިރިއުޅޭ ގެއާ ފުރިހަމަ ނަން ފުލުހުންނަށް އިިގިހުރެ ފުލުހުން އަތުގަ އޭނަގެ ފޮޓޯވެސް އޮވެ ކީއްވެ އެގެއަށްގޮސް ނުހޯދެންވީ؟؟ އާންމުކޮއް ފުހުހުންނަށް އެގޮތައް ހޯދަން ބޭނުންވާ މީހެއްގެ މައުލޫމާތު އިގެންޔާ ފުލުހުން ކޯޓު އަމުރު ހޯދައިގެން އެގެއަކަށް ގޮސް ހޯދަން ބޭނުންވާ މީހާ ހައްޔަރުވެސް ކުރޭ.
    އޭނަ އަކީ މޮޔައަކައް ހެދިގެން މީހުނައް އުދަގުކޮއް ހަދާ އަންހެނެއް.
    އޭނަ މިހާރު އުޅެނީ ބުރުގާ ބާލައިގެން. އޭނަ ބުރުގާ ނާޅާ ހުރިކަމުގައި ވިޔަސް ފެނުނީމަ ރީތިކޮއް އިގޭނެ އެއީ އެއަންހެން ކުއްޖާކަން.
    ބުރުގާ ނާޅާ ހުރިކަމުގަވިޔަސް ދެނެގަންނަން ނޭންގޭހާ އޭނަ ތަފާތެއް ނުވާނެ. ހަމަ ރީތިކޮއް އިގޭނެ އޭނަ ނުދަންނަ މީހަކަށްވެސް ފޮޓޯ ބަލާފަ އޭނަ ބުރުގާ ނާޅާ ހުރިކަމުގަވިޔަސް އެއީ އެއަންހެން ކުއްޖާކަން.
    ވަރަށް ގިނައިން އެގޭ ކާރީގަ ނިކުމެގެން އެބުރޭނެ ބުރުގާ ނާޅާ ކުރު ސޯޓުބުރިއަކާ ޓީޝާޓެއް ލައިގެން ބޮލުގަ 1980 ގެ އަހަރުތަކުގަ އިގިރޭސިން ބޮލުގަ އަޅައިގެން އުޅުނު ކަހަލަ ތޮތްޕެއް އަޅައިގެން.
    މިވަރުދެން މަށަށް ކޮށްދެވޭނީ. މިވަރުން ފުލުހުންނަށް އޭނަ ހޯދެން ވާނެ.

  2. އޭނަ ދިރިއުޅެމުންދަނީ އޭނަގެ ފުރިހަމަ ނަމާއެކު ޖަހާާފައި އޮތް އެޑުރެހުގަ،

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް