ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތައް ފޮނުއްވައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ.މުޢިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވަނީ 22 ބޭފުޅުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ކެބިނެޓަށް އައްޔަންކުރައްވާފައި މެންބަރުން:
1.މުޙައްމަދު ޣައްސާން މައުމޫން (މިނިސްޓަރ އޮފް ޑިފެންސް)
2.މޫސާ ޒަމީރު (މިނިސްޓަރ އޮފް ފޮރިން އެފެއާޒް)
3.ޢަލީ އިޙްސާން (މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ)
4.ޑޮކްޓަރ މުޙައްމަދު ޝަފީޤް (މިނިސްޓަރ އޮފް ފިނޭންސް)
5.އިސްމާޢީލް ޝަފީޢު (މިނިސްޓަރ އޮފް އެޑިޔުކޭޝަން)
6.ޑޮކްޓަރ ޢަބްދު ޚަލީލް (މިނިސްޓަރ އޮފް ހެލްތު)
7.މުޙައްމަދު ސަޢީދު (މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް)
8.އަޙްމަދު ޝިޔާމް (މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް)
9.އަޙްމަދު އުޝާމް (އެޓަރނީ ޖެނެރަލް)
10.ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް)
11.އިބްރާހީމް ފައިޞަލް (މިނިސްޓަރ އޮފް ޓޫރިޒަމް)
12.ޑޮކްޓަރ ޢާއިޝަތު ޝިހާމް (މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް)
13.ޢަބްދު ރާފިޢު (މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން)
14.ޠާރިޤު އިބްރާހީމް (މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ)
15.ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު (މިނިސްޓަރ އޮފް ހައުސިންގ, ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް)
16.މުޙައްމަދު އަމީން (މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން)
17.އާދަމް ނަޞީރު އިބްރާހީމް (މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް, ކަލްޗަރ އެންޑް ހެރިޓޭޖް)
18.ޑޮކްޓަރ މަރްޔަމް މާރިޔާ (މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް)
19.ޑޮކްޓަރ ޢަބްދު މުއްޠަލިބް (މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ)
20.ޑޮކްޓަރ ޢާއިޝަތު ރަމީލާ (މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ)
21.އިބްރާހީމް ވަޙީދު (މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް, އިންފޮމޭޝަން އެންޑް އާޓްސް)
22.އާދަމް ޝަރީފް (މިނިސްޓަރ އޮފް ސިޓީސް, ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް)