ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމަށް މ.ހިތިމާގެ ޑރ.ޢަލީ ޒާހިރު އައްޔަން ކުރައްވައިފިއެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މި މަގާމަށް އައްޔަންކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޑޮކްޓަރު ޢަލީ ޒާހިރަށް މަގާމުގެ ފަތްކޮޅު އަރުވައިފައެވެ.
ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންގެ މަގާމު ފުރުއްވާފައިވާާ ޑރ.ޢަލީ ޒާހިރަކީ ރާއްޖޭގައި ދީނީ ދައުވަތު ފެތުރުއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ޖަމްޢިއްޔަތުއްސަލަފުގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ޑރ.ޢަލީ ޒާހިރު ގެންދަވަނީ އެ ޖަމްޢިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ދީނީ ދަރުސްތައް ދެއްވަމުންނެވެ.
ޑރ.ޢަލީ ޒާހިރު ޕީއެޗްޑީ ހާސިލުކުރެެއްވީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އޭނާ ޕީއެޗްޑީ ތީސީސް ހެއްދެވީ ރާއްޖޭގެ އިސްލާމިކް އިންޝުއަރެންސާ ބެހޭ ގޮތުންނެވެ.