ދައުލަތް އެދި ގޮވަނީ ދައުލަތް ފަލީހަތްކުރާ މީހުންނަށް ހަދާންނުނެތޭވަރުގެ އަދަބު ދިނުމަށް

Loading

Facebook
Twitter
WhatsApp

ރައްޔަތުންގެ ނިންމުމަށް އިޙުތިރާމް ކުރުމާއިއެކު އިންތިގާލީ މަރުޙަލާގައި އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަކީ ލަސްނުކޮށް ދައުލަތް ފަލީހަތް މިސަރުކާރުގައި މަސައްކަތްކުރި މީހުނަށްވެސް ޙައްގު އަދަބު ދިނުންކަމުގައި ގިނަރައްޔަތުން ދެކެއެވެ. 

އެހެނީ ދައުލަތް މިވަނީ ލޭކޮށާލައިފައެވެ. ރައްޔަތުންގެ ބަހެއްނެތި ގައުމުވަނީ ދަރަނިން ސަލާމަތް ނުވެވޭވަރަށް ދަރުވާލައިފައެވެ. ނަގައިފާވާ ދަރަނިތަށް ނުދެއްކި 2026 ވަނަ އަހަރު އަންނައިރު ދިވެހިންގެ ރާއްޖެ ބަނގުރޫޓް ޢިއުލާނު ކުރަން ޖެހޭވަރު ކޮށްލާފައެވެ. އަދި ގައުމު މިވަނީ އިންޑިޔާގެ އަޅުވެތިކަމަށް ގެންގޮސް ދިވެހީންގެ އަބަދުގެ އެންމެގާތް އެކުވެރީން، އިންޑިއާގެ އާންމުންނާއިވެސް ޖައްސުވާ ހައްދެއްނެތި ދެގައުމުގެ ރައްޔަތުން ޙަސަދަވެރީންނަށް ބަދަލުކުރަން އެނގިތިބެ މަސައްކަތް ކޮށްފައެވެ.

ވަގޭވަގޭ ގޮވައި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގެ ވައްކަމާއިހެދި ގައުމުދެކެ ”ލޯބިން“ ނިދިނައިސްގެން އުޅުން ރީދޫންހުމުގައި އުޅުނު ބަޔަކު މިވަނީ ހަމަ ރަނގަޅަށްވެސް ދައުލަތް ރޭޕްކޮށްލާފައެވެ. ރޭޕިސްޓުން ނަށް ޙައްގު އަދަބު ލިބިދޭން ޖެހެއެވެ. އެއީ ތެދެކެވެ! ޙައްގު އަދަބު ލަސްކުރެވޭކަށް ނެތެވެ. 

ރީދޫހުމުގެ އަހުލުވެރީން ގެނެސްދިން ކިޔާލަން ފަސޭހަ ކޮންމެ ސްލޯގަންއަކީ ދޮގެކެވެ.މިހާރުގެ ބަހުންނަމަ ޖެއްސި ފޭކެކެވެ! ހިތި ހަބަރެކެވެ. އެހަބަރު އޮޑިހަނުގައި ގާނައިގެން ބޯންވެސް ދީފިއެވެ. ނަމަވެސް ރައްޔަތުން އެމަސްތުގައި ނުޖެހި މިވަނީ ސަލާމަތްވެފައެވެ. ދެކެބަލާށެވެ! ދެން ގެނަސްދޭނެ ކަމަށް ބުނި ”އުފާވެރި އަމާންރާއްޖެ“ ވެރިކަމުގެ ފަސްއަހަރަށް ބަލައިލާއިރު ހިތުން ގިސްލާ ރޮއްވޭވަރު ކޮށްލައިފިއެވެ. ނިހާޔަތަށް ގިސްލުވާލީ މިފަހަރުގެ މިރޭޕްގައި ޢިލްމްވެރީންވެސް ބައިވެރި ވީތީއެވެ.

ގައުމުގައި ފަސާދަޔާއި ހުރިހާ ކުޅިއެއް (އަންހެންކުޅި، ފިރިހެންކުޅި، މަސްތުގައި އޮރިޔާމުން މަގުތަކުގައި ނެށުން، ވަރަށް ފައުޅުކަން ބޮޑުގޮތެއްގައި ދީނަށް ފުރައްސާރަ ކުރުން، ދޮގާއި މަކަރާއި ޙީލަތް އާންމުކުރުން، މަސާޖް ޕާލާގެ ނަމުގައި ޒިނޭޚާނާތައް އާންމުކުރުން، ރައްޔަތުންގެ މަޖިލިސްގައި ބޮއިގެން ނަށައި ދައުލަތުގެ މުދަލަށް ގަސްދުގައި ގެއްލުދިނުން، ހަޔާތްގޮވުން) އާންމު ކުރުވައިފިއެވެ.

ކޮންފަދަ ބޮޑު ޖަރީމާތަކެއް ހިންގި ވެރިކަމެއްތޯއެވެ؟ އާދޭހެވެ! ދައުލަތް މިގޮތަށް ރޭޕްކުރި ރޭޕިސްޓުންނަށް އަވަހަށް އަދަބު ޙައްގުވެއްޖެއެވެ. ލަސްކުރެވޭކަށް ނެތެވެ. މި އިންތިގާލީ ދުވަސްކޮޅުގައިވެސް މިއީ މިހާ ނުލަފާ ހިޔަޅު ކަރަޕްޓް ބައެއްކަން އެނގިތިބެ ރައްޔަތުން ހޮވާފައިވާ ރައީސް ޑރ. މުޢިއްޒު ވަގުތުން ވަގުތަށް ޒިންމާދާރުވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ. 

އެގޮތުން : އަވަހަށް : 

• އިބޫގެ ސަރުކާރުގެ ވައްކަމާއި ކަރަޕްޝަނާއި ގުޅޭ ލިޔެކިޔުންތަކަށް ބަދަލުގެންނާނެ ކަމާއި ބައެއް ލިޔެކިޔުންތައް ނައްތާލާނޭކަންއެނގިތިބެ ފިޔަވަޅުއެޅުން: އަދި ހަމަ އެހެންމެ އެފަދަ ލިޔެކިޔުން ނައްތާލާނެކަން އެނގިތިބެ ވަގުތުން ވަގުތަށް ގައުމުގެ ޙިމާޔަތުގެ އަށްޑަނަ (އެމް.އެން.ޑީ.އެފް) ގެ ބަލުމުގެ ދަށަށް ރައީސް އޮފީސް ގެނަސް އެފަދަ އިތުރު ޖަރީމާ ހިންގިޔަ ނުދިނުން.

• ބޭރުގެ ސިފައިންނާއި ގުޅޭ އެއްބަސްވުންތަކާއި ކަނޑު ވިއްކާލުމާއި ބެހޭ ލިޔެކިޔުންތަކަށް އެޓޭކް ދިނަނުދެވޭނެ ގޮތް ހެދުން:

• ކަރަޕްޝަނާއި ފަސާދައިގެ ހާލިތަކެއް ކަމުގައި ހަދާފައިވާ ދައުލަތުގެ ކުންފުނިތަކުގެ ވެރީން، ސްޓެލްކޯ ޝަރީފް، ފެނަކާ ސަޢީދު، މަގުތަކުގެ މޫކޭ، އެމްޓީސީސީ އާދަމު، އަދި ކުރީގެ އެސްޓީއޯ އަމްރު ފަދަ އަދި މިނިސްޓަރުންފަދަ އަމީރު، މާރިޔާ، އިމްރާން، ރިއްފަތު، އަލިއްޕެ ފަދަ މީހުން ފުރައިގެން ދިއުން މަނާކޮށް ތަޙުގީގު އަވަސްކުރުން:

މިފަދަ އަނިޔާވެރީން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެނގިތިބެ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެއެވެ. ހަނދުމަ ހުންނާނޭފަދައިން ކޯނީގެ ރިޕޯޓްވެސް މިހާރު ވަނީ ރައީސް އޮފީހުގެ ތެރެއިން ގެއްލުވާލާފައެވެ. މިހުންނަނީ ދައުލަތާއި ދެކޮޅު ޢަމަލުތަކެވެ.

އެހެނީ ކުރިއަށްއޮތް 5 އަހަރު ދުވަހަށް ދައުލަތް ހިންގުމަށް ރައްޔަތުން އަލަށް މިހޮވި ސަރުކާރުން ބުނެވިދިޔަ ކަންކަމާއި މެދު އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ސަބަބެއްކަމުގައި ރައްޔަތުން ދެކެނީ، މިނިމިދިޔަ އިންތިޚާބުގެ ވޯޓް ރައްޔަތުން ދީފައިވަނީއަޅުވެތިކުރުމާއި ފަސާދަޔާއި ދެކޮޅަށް ކަމުގައިވާތީއެވެ. ދައުލަތް ހިންގުމަށް ޑރ. މުޢިއްޒު އާއި ޙަވާލުކުރެވުނު މިސަރުކާރަކީ ޒިންމާއުފުލައި ހެޔޮވެރިކަމެއް ގާއިމުކޮށްދޭނެ ސަރުކާރަކަށް ވުމަކީ ގިނަ ރައްޔަތުންގެ އުންމީދެވެ!

Loading

One Response

  1. ރައްޔަތުން އެދި ގޮވަނީ ދައުލަތް އެގޮތަށް ރޭޕް ނުކުރުމަށެވެ. އަސްލުވެސް ދައުލަތް އިއްޒަތް ވެއްޔާ މޮޑެލައިފިއެވެ. ވަރަށް ދެރައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް