މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ގެއަށް ބަދަލުކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު 25 ދުވަހު ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި, ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ ވ.އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވި ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވުމުންނެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ %53 ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން 1049 ދުވަހަށްފަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރީ ދާދި ދެންމެއަކުއެވެ.
ރައީސް ޔާމީން ގެއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނުގެ ގޭގެ ކައިރިއަށް އެއްވެ އެމަނިކުފާނާ އިސްތިގުބާލު ކޮށްފައެވެ.
ކަރެކްޝަނުން މައުލޫމާތު ދިން ގޮތުގައި ޔާމީން ގޭބަންދަށް ބަދަލުކުރީ ވަގުތީ ގޮތުންނެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކެންޑިޑެންސީ ހުށަހެޅި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދި ސްޕްރީމް ކޯޓުން ކެންޑިޑެންސީ ސައްހަ ކަމަށް ނުނިންމީ ހުކުމް ދެމިއޮތުމުންނެވެ.
One Response
މަރުޙަބާ ރައީސް ޔާމީން. މުއިއްޒު ހެޔޮވެރިކަމެއް ކޮށްދެއްވާށެވެ.