ޑރ.މޫސާ އަންވަރުގެ ތާއީދު ޑރ.މުޢިއްޒަށް

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ޑރ.މޫސާ އަންވަރު ޙަސަން މިއަދު ހާމަކުރައްވައިފިއެވެ.

ޑރ.މޫސާ އަންވަރު ޙަސަން މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައެވެ.

ޑރ.މޫސާ އަންވަރު ޙަސަން ވިދާޅުވީ ސެޕްޓެމްބަރު 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް ތާއީދުކުރައްވައި ވޯޓުލެެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

“އެމަނިކުފާނަކީ ދީނާއި ގައުމުގެ މިނިވަންކަން ނަގަހައްޓާނެ ތެދުވެރި އަމާނަތްތެރިޔަކަށް ވުމުގެ ތައުފީގު މިންވަރު ކޮށްދެއްވާށި!“ އިސްލާމްދީނަށް މީހުން ހޭލުންތެރިކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ޑރ.މޫސާ އަންވަރު ޙަސަން ލިޔުއްވާފައިވެއެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ ރިޔާސީ އިންތިޚާބުގައި ޑރ.މުޢިޒަށް ތާއީދުކުރައްވަން ނިންމަވައިފައެވެ.

އޭގެތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި އައްޝައިޚް މުޙައްމަދު ލަޠީފާއި އައްޝައިޚް ޝަފީޢުއާއި ޑރ.އަނާރާ ނަޢީމް ވެސް ހިމެނިވަޑައިގަންނަވައެވެ.

Loading

One Response

  1. balaga, thiyaee aailaage kameky, dheenaai gaimah mihaaru nukuraa kameh yaameenu kritha, ilmuverin jalah aniyaa, kurumaki, dheen himaayai kuruntha, thi paatygai othee e dagaafai

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް