ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު މާދަމާ ހުށަހަޅަނީ

Loading

Facebook
Twitter
WhatsApp

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖުލައި 24 ގައި ވަނީ އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމުގައި ސޮއިކުރައްވައިފައެވެ.

ޕީޕީއެމްއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މާދަމާ 10:00 ގައި ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ހުށަހަޅާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކެނޑިޑޭޓުންގެ ކެންޑިޑެންސީ ފޯމުގެ ޖަވާބު, ފޯމު ހުށަހަޅާ ދުވަހު ދިނުމަށް މަސައްކަތް ކުރާނެ ކަމުގައެވެ.

ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު,
އީސީން ކުރިން ބުނީ އިސްތިއުނާފު މަރުހަލާގައި މައްސަލަ އޮތްކަމަށްވާނަމަ ކެންޑިޑެންސީ ބަލައިގަތުމުގެ ފުރުސަތެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިގަތުމަށް އޮތް ފުރުސަތެއް ގޮތުގައި އީސީން ފާހަގަކުރީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްގެ އިސްތިއުނާފުގެ މައްސަލަ ދިގު ދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ފުރުސަތު ކޯޓު ދީފައި އޮތް އޮތުމަށެވެ.

ނަމަވެސް އޭގެފަހުން އީސީން ބުނީ ރައީސް ޔާމީންގެ ޖަލު ހުކުމް ދެމި އޮތްހައި ހިނދަކު އެމަނިކުފާނުގެ ކެންޑިޑެންސީ އެ ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.

ކޮމިޝަނުން އެގޮތަށް ނިންމައިފިނަމަ ސްޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ސްޕްރީމް ކޯޓުން 48 ގަޑިއިރު ތެރޭގައި އެ މައްސަލައަށް ގޮތެއް ނިންމަންޖެހޭނެއެވެ.

Loading

One Response

  1. މީ މިޔަދު ސިޔާސީ މަސްރަހުގައި އެންމެ ބާރަށް އެންމެ ވަރު ގަދައަށް ދައުރުވާ އެއްވާކައަށް ނުވަތަ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ވާހަކަ ކަމެކޭ ބުން ދޮގަކަށްނުވާނެއެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް ފެންނަ އެއްޗެއް ބުނަމުންދަނީއެވެ. ހަޤީގަތަކީ އެއްވެސް މީހަކަށް އެމީހަކު ބޭނުން ގޮތަކަށް އެމީހަކަށް އުޅެވެން ނެތުމެވެ. ކޮންމެ ތަނެއްގައިވެސް ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތަކާއި ގަވާއިދުތައް މީހުން އަމަލުކުރުމަށްވަނީ ހަދާފައެވެ. އަދި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެކަމެއް ކަނޑައަޅާފައި ނުވާ ހިނދަކު ދެން ޢަމަލު ކުރަނީ އެކަމަކަށް ޤާނޫނެއް ނުވަތަ ޤަވާއިދެއް ހެދެންދެން އެންމެ މަތީ ކޯޓް_(ސްޕްރިމް ކޯޓުން) ނިމާފައިވާ ނިންމުމަށެވެ.
    ރައީސުލް ޖުމުހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަށްވަނީ ޤާނޫނު އަސާސީގެ 109 މާއްދާގައި ބުނެދީފައެވެ. އެ މާއްދާގެ (ޅ) އާއި (ކ)ގައި ”ކުށެއް ސާބިތު ވެފައިވާ މީހަކަށް ނުވުން“ މިހެން ލިޔެފައި އޮވެއެވެ. ނަމަވެސް ”ކުށެއް ސާބިތުވުމަކީ“ ކޮބާކަން ޤާނޫނު އަސާސީގައި ބަޔާންކޮށްދީފައެއް ނުވެއެވެ. ދެން ބަލަންޖެހެނީ ޤާނޫނު އަސާސީގެ ދަށުން ހެދި ފައިވާ ޤާނޫނުތަކަށެވެ. އެގޮތުން ފުރަތަމަ ޤާނޫނަކީ“ 2008/12 ރިޔާސީ އިންތިހާބުގެ“ ޤާނޫނެވެ. މިގާނޫނުގެ 7ވަނަ މާއްދާގެ (ހ) ގައި ބުނެދީފައިވަނީ ޤާނޫނު އަސާސީގެ 109 މާއްދާގައި ބުނެދީފަވާކަންކަން ފުރިހަމަވެފައި ހުރުންކަމުގައެވެ. އަދިވެސް އެބުނާ ”ކުށެއް ސާބިތުވުމަކީ“ ކޮބާކަން މި ޤާނޫނުގައިވެސް ބުނެދީފައެއް ނުވެއެވެ. އަނެއްކާވެސް ބަލަން މިޖެހެނީ އެއާއި ބެހޭ ގޮތުން ހެދިފާވާ ޤަވާއިދު ތަކަށެވެ. ގަވާއިދު ނަންބަރު: 2023/R-120 ރިޔާސީ އިންތިހާބު ޤަވާއިދު 2023 މިގަވާއިދުގައި ކެނޑިޑޭޓާބެހޭ އެއްވެސް ޝަރުތެއް ބުނެދީފައިވެސް ނުވެއެވެ. ދެން އޮތީ ”ގަވާއިދު ނަންބަރު: 48-R/2020 އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 12ވަނަ މާއްދާގައިވެސް ރައީސުލް ޖުމުހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަށް ދޫކޮށްލާފައި އޮތީ ގާނޫނު އަސާސީ އާއި އެކަމާގުޅޭގޮތުން ހެދިފާވާ ޤަވައިދުތަކުގައި ބުނެދީފައިވާ ގޮތަށް އަމަލުކުރުން ކަމަށް ބުނެފައެވެ. މި ޤަވާއިދުން ވެސް އެބުނާ ”ކުށެއް ސާބިތުވުމަކީ“ ކޮބާކަން ސާފެއްނުވެ. ”ކުށެއް ސާބިތު ވެފައިވާ މީހަކީ ކޮބައިކަން އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާއިދެއްގައި ބުނެދީފައި ނެތުމުން ސްޕްރިމް ކޯޓުގެ ޤަޞިއްޔާ ނަބަރ: 2019/SC-A/75ގެ 23ވަނަ މާއްދާގައި ކުށެއް ޝާބިތު ވެފައިވާ މީހަކީ ކޮބައިކަންވަނީ ވަރަށް ސާފުކޮށް އޮޅުމެއް ނާރާފަދަ އިބާރާތަކުން ބުނެދީފައެވެ. އެއީ ކޯޓަކުން ކުރި ހުކުމެއް މީހެއްގެ މައްޗަށް އައިސްފައިވާކަމަށް ބެލެވޭނީ އެ ކޯޓަކުން ކުރި ހުކުމެއް އެއީ އިސްތިޢުނާފު މުއްދަތުތައް ފަހަނައަޅައި ދިއުމަށްފަހު ނިހާއީ ޙުކުމަކަށްވާ ފަހުންކަމުގައެވެ.
    ޖިނާޢީ ހުކުމެއް ނިހާއީވާ ތިން ސަބަބު:
    1- ހުކުމުގަ ހުއްޓާ މީހާ ނިޔާވުން
    2- އިސްތިޢުނާފު މުއްދަތު ހަމަވުން
    3- ސްޕްރިމް ކޯޓުން ނިޔާކަނޑަ އެޅުން

    • ދެން އޮތް އެންމެ ބޮޑުސުވާލަކީ އޭރު ނަސީދުއަށް ކުރިމަތި ނުލެވުނީ ކީއްވެތޯ؟
    ޖ. އޭރު ރިޔާސީ އިންތިހާބު އޮތީ 2018ގައެވެ. މިގަޟިއްޔާއިން ކުށް ޝާބިތުވެ ހުކުމެއް އައިސްފައިވާ މީހެއްކަމަށް ކަނޑައަޅާ ފައިވަނީ2019ގައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް