ސޮއި ހަމަކުރެއްވުމަށްފަހު ޢުމަރު ވިދާޅުވީ “ހުދު ވަލުގައި“ ގިނަ ބަޔަކު ހިފައިފި ކަމަށް

Loading

July 28, 2023
profile
Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ 1500 މީހުންގެ ސޮއި ހަމަކުރެވިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޢުމަރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

އަމިއްލަ ގޮތުން ކުރިމަތިލައްވާ ބޭފުޅެއްނަމަ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުން, އެ ބޭފުޅަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެ މީހުންގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ދާއިމީ އެޑްރެހާއި ސޮއި ހިމެނޭ ލިޔުމެއް އީސީއަށް ހުށަހަޅުއްވަން ޖެހެއެވެ.

އެގޮތުން ޢުމަރު ސޮއި ހަަމަކުރެއްވުމުގެ މަސައްކަތް ފެށްޓެވީ މީގެ ފަސް ދުވަސް ކުރިންނެވެ.

ޢުމަރު ވިދާޅުވީ މިހާރު 2000 ސޮއި ހަމަކުރެވިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ޕަބްލިކް އެޕީލެއް ނުކުރަން. ނަމަވެސް ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑުމެންނަށް ގުޅައި ސޮއިކުރަން ބޭނުންކަމަށް ބުނި. ބައެއް ގެތަކަށް އަދި ސޮއިކުރަން ނުދެވި ވެސް އެބަހުރި.“ ކެމްޕޭން ކާމިޔާބު ކުރައްވާނެ ކަމަށާއި މިއީ އާންމުންގެ ކެމްޕޭނެއްކަން ފާހަގަކުރައްވައި ޢުމަރު ވިދާޅުވިއެވެ.

މިހާ ހިސާބުން އަޅުގަނޑަށް ފާހަގަކުރެވުނީ މި ކެމްޕޭނަކަށްވުރެ ބޮޑަށް ހަރަކާތެކޭ. މޫވްމަންޓަކަށް މިހާރު ބަދަލުވެއްޖެ. ވަރަށް ގިނަ އަދަދެއްގެ އާންމުން މީގަ ބައިވެރިވެ މި ހުދުވަލުގަ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފައިފި.“

އީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކު ބަދަލުކުރަން ހިންގާ ކެމްޕޭނެއް ނޫން ކަމަށާއި މިއީ މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް މި ގައުމު މުޅިން އާ މިސްރާބަކަށް ގެންދިއުމަށް ހިންގާ ކެމްޕޭނެއް ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވަނީ އޭނާއަށް ސޮއި ހަމަކުރުމުގައި އެހީތެރިވެދިން މީހުންނަށާއި ސޮއި ދިން މީހުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވީހާވެސް ގިނަ ބަޔަކު އޭނާގެ ކެމްޕޭނުގައި ބައިވެރިވުމަށް ވެސް ޢުމަރު އެދިވަޑައިގެންނެވިއެވެ.

Loading

3 Responses

  1. ހެޔޮނުވާނެ ކަލޭމެން އެކަކުވެސް ގުރުއާން ދައްކައިގެން އަދި ސުންނަތޭ ކިޔައިގެން ތި ނުބައި ސިޔާސީ ޗަރުކޭސް ނުޖައްސަވާށެވެ. އެހެން ގޮތަކަށް ކުޅިބައި ރޭވުން މާރަނގަޅުވާނެ އެވެ. މޭޑޭ އިމްރާން ޖެއްސިކަހަލަ ޗަރުކޭސް ދެން އެކަކުވެސް ނުޖަހަމާ ހިނގާ!

    1. ވޯޓްލިއަސް ނުލިއަސް ޙައްގަށް ވަކާލާތު ކުރަންހެހޭނެއެވެ. މަދު ބައިގަނޑެއް ބަޔަކު ދޮގާއި މަކަރު ހަދައިގެން ވެރިކަމަށް އައސް މިރާއްޖެ ފަސާދަކުރިއަކަސް އެންމެން އެގޮތެއް ނުވާނެކަން ބުއްދި ޤަބޫލު ކުރަންޖެހެއެވެ.

  2. ކިރިޔާ 1500 ހަމަވުމަކުން އަދި ނުފުދެއެވެ. އަދި އެމީހުންވެސް ވޯޓްދޭނެ ގޮތެއް ނޭގެއެވެ. ފަހަރުގައި ކުރިންހެން ގޭމީހުންވެސް ވޯޓް ނުލާފާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް